100 ގަޑި އިރު ފަހުން ސަލާމަތް ކުރެވުނުއިރުވެސް ޤުރުއާން ކިޔެވުން ހުއްޓާނުލާ މަންޒަރެއް އާންމުވެއްޖެއެެވެ. ތުރުކީގެ ބިންހެލުމުގައި އިމާރާތް ތަކުގެ ދަށުގައި ތާށި ވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ދަނިކޮށް 100 ގަޑި އިރު ފަހުން ސަލާމަތް ކުރެވުނުއިރު ވެސް ޤުރުއާން ކިޔެވުން ހުއްޓާ ނުލާ ކިޔަވަމުންދާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމު ވެއްޖެއެވެ. އަލްޖަޒީރާ އިން ކޮއްފައިވާ ޓުވިޓެއް ގައި ފެންނަ މި ވީޑިއޯ އިން ފެންނަނީ އެމީހާ ހުއްޓާ ނުލާ ޤުރުއާން ކިޔަވާ މަންޒަރެވެ. އަދި އެ ފިރިހެން މީހާގެ ކިޔަވަމުން ދިޔައީ ޤުރުއާން ގެ އެންމެ ދިގު ސޫރަތް ކަމަށް ވެސް އެ ޓުވީޓުގައި ބުނެފައި ވެއެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ބުނެފައިވަނީ ތުރުކީއަށް އައި ބިންހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. ތުރުކީއަށް އައި ބިންހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެއް ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިންހެލުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.