1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އުމުރުން 5އާއި11 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް19ގެ ވެކްސިންދޭން ހުޅުވާލައިފި

ޢާއިޝަތު ޝިރުހާނާ
255ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮވިޑް 19އިން ދިފާއު ވުމަށް ޖަހާ ވެކްސިން، އުމުރުން ފަސް އަހަރާއި އެގާރަ އަހަރާ ދެމެދުގެ ކުދިންނަށް ދޭން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހުޅުވާލައިފިއެވެ.

އުމުރުން ފަސް އަހަރާއި އެގާރަ އަހަރާ ދެމެދުގެ ކުދިންނަށް ދެވޭ ފައިޒާ ވެކްސިން ރާއްޖެއަށް މިހާރު ލިބިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވަނީ މިއަދު އެ އެޖެންސީ އިން ނެރުނު އިއުލާނެއްގަ އެވެ. އެއިއުލާނުގައި ބުނެފައިވާ ގޮތުގައި އެ އުމުރުފުރާތަކަށް ވެކްސިން ދޭން މޯލްޑިވްސް ޓެކްނިކަލް އެޑްވަައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަން އިން ވަނީ ލަފާ ދީފައެވެ.

އެ އެޖެންސީއިން ހާމަކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން މާލޭގައި ވެކްސިން ސެންޓަރުތަކުގެ އިތުރުން، އަތޮޅު ތެރޭގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތަކުން ފައިޒާ ވެކްސިން ލިބެން ހުންނާނެ ކަމަށެވެ. އަދި އުމުރުން 12 އަހަރުން މަތީގެ ކުދިންނަށްވެސް ފައިޒާ ވެކްސިން ލިބެން ހުންނާނެ ކަމަށާއި ވެކްސިންގެ ޑޯޒްތައް އަދި ބޫސްޓާ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިން ޖެހުމަށް ވަނީ އެދިފައެވެ.

300 × 250

މާލެ ސަރަހައްދުގައި ފައިޒާ ވެކްސިން ޖަހާނީ އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން، ދަމަނަވެށީގަ އެވެ.

އައިޖީއެމްއެޗުގައި ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، ހުޅުމާލެ ހޮސްޕިޓަލުން ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ 13:00 އިން 14:00 އަށެވެ.

ދަމަނަވެށިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:30 އިން 15:00 އަަށެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑު ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ 399،178 މީހުންގެ ތެރެއިން 385،099 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. ބޫސްޓާ ޑޯޒްގެ ފުރަތަމަ ޑޯޒް 167،635 ފުރިހަމަކޮށްފައިވާއިރު، ދެވަނަ ޑޯޒް ޖަހާފައި ވަނީ އެންމެ 1،523 މީހުންނެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި