1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފިނޭންސްމިނިސްޓްރީއާއި ތިނަދޫކައުންސިލާ ގުޅިގެން މާލިއްޔަތާގުޅޭ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

331249841_857363238661028_7805190492956367182_n
ޢާއިޝަތު ޝިރުހާނާ
262ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިނިސްޓްރީ އޮފް ފިނޭންސްއާއި ގދ ތިނަދޫ ކައުންސިލާ ގުޅިގެން މާލިއްޔަތުގެ ގަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދެވިފައިވާ ކަމަށް އެ މިނިސްޓްރީ އިން ހާމަކޮށްފި އެވެ.


ފިނޭންސް މިނިސްޓަރީއިން އިއްޔެ ހަވީރު ކުރި ޓްވީޓެއްގައި ހާމަކޮށްފައިވާ ގޮތުން މާލިއްޔަތު ގަވާއިދަށް އަހުލުވެރި ކުރުވުމުގެ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެމިނިސްޓަރީގެ ޕަބްލިކް ފައިނޭންސް އިންސްޓްޓިއުޓާއި ގދ ތިނަދޫ ކައުންސިލާ ގުޅިގެންނެވެ.

300 × 250

FpPan90aIAAefv6 (1)












ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކޮށް ތާޒާ ކުރުމަށް ހިންގި މިޕްރޮގްރާމުގައި ބައިވެރިވެފައިވަނީ ތިނަދޫ ކައުންސިލާއި، ގދ.އަތޮޅު ކައުންސިލާއި، ގދ.އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ ކަމާބެހޭ މުވައްޒަފުންނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ނިމުނު ހަފުތާ ބަންދު ތެރޭގައެވެ.



300 × 250

ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކޮށް ތާޒާ ކުރުމަށް ހިންގި މިޕްރޮގްރާމުގެ ބައިވެރިންނަށް، މި ޕްރޮގްރާމްގައި ބައިވެރިވިކަމުގެ ލިޔުމެއް ހަވާލުކުރެވުނެވެ.


.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި