ރޭގައި، މާލޭސިޓީ މާފަންނު ކްރާސާ ކިޔާ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލަ ދީ މީހަކު ވަރަށް ބޮޑަށް ވަނީ ޒަހަމް ކޮށްލާފައެވެ. ޒަހަމްވި މީހާއަށް ފަރުވާ ދެވެމުން ދަނީ އައިޖީއެމްއެޗު އައިސީޔޫގައެވެ.

ރޭގެ ވަގުތެއްގައި މާލެސިޓީގެ މާފަންނު ބީޖީ ހިސާބުގައި، މުރަނގަ މަގުގައި ހުރި ކޮސްމެޓިކްސް ކަހަލަ މުދާ ވިއްކާ ފިހާރައަކަށް ބޭރުން ދުވެފައި ވަން މީހާގެ ގަޔަށް ފަހަތުން ވަދެ ތޫނު އެއްޗަކުން ވަނީ ހަމަލަ ދިނުމަށްފަހު އެދެމީހުން ވަނީ ގޮސްފައެވެ. ޒަހަމްވި މީހާގެ އުނަގަނޑުގައި ވަޅިއެއް އަޅުވާފައި އޮތް މަންޒަރު ފެނެއެވެ. އެހެންކަމުން މިއީ ދެފަރާތުންވެސް ހިނގަމުންދާ މާރާމާރީއެއް ކަމަށްވެއެވެ.

ފުލުހުންގެ އެހީއާއެކު ޒަހަމްވި ވީމާ ވަނީ އައިސީޔޫއަށް ގެންގޮސްފައެވެ. މައުލޫމާތު ލލިބޭ ގޮތުގައި އޭނާއަށް މިހާރު ފަރުވާ ދެވެމުން ދަނީ ވެންޓިލޭޓާރުގައެވެ. އޭނާގެ ހާލު ވަރަށް ގޯސް ކަމަށް މައުލޫމާތު ލިބެއެވެ.

ކަމާބެހޭ ގޮތުން އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.