ގދ ތިނަދޫ ގެ ގޮނޑުދޮށްތައް މާ ބޮޑަށް ހަޑިވެފައި ވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އަބޫބަކުރު ސްކޫލް ދަރިވަރުންގެ ސިޓީއެއް ޕްރިންސިޕަލަށް ފޮނުވައިފިއެވެ.
އަބޫބަކުރު ސްކޫލް ގެ ޕްރިންސިޕަލް މުހައްމަދު އަޖީބްއަށް އެ ސްކޫލް ޕްރައިމަރީ ގްރޭޑް ގެ ދަރިވަރުން މިއަދު ފޮނުވި ސިޓީ ގައި ބުނެފައި ވަނީ ތިނަދޫ ގެ ގޮނޑުދޮށްތައް ވަނީ ވަރަށް ބޮޑަށް ހަޑި ވެފައި ކަމަށާއި ޕްރިންސިޕަލް ބޭނުންފުޅުވާ ނަމަ އެ ކަމަށް ޚާއްސަ ކުރާ ދުވަހަކުން ގޮނޑުދޮށް ސާފު ކުރަން ދާނެ ކަމަށެވެ.

ޕްރިންސިޕަލް އަޖީބް ވަނީ އެ ސިޓީ އޭނާގެ ފޭސްބުކް ޕޭޖްގައި ޢާންމު ކުރައްވާފައެވެ. އެ ޕޯސްޓްގައި ޕްރިންސިޕަލް އަޖީބް ވަނީ މިއީ 21 ވަނަ ގައުމުގެ ތަޢުލީމުން، ދެކެން ބޭނުންވާފަދަ ދަރިވަރުން ކަމުގައި ޕްރިންސިޕަލްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.