ތެޔޮ ބޯޓަކުން ގެއްލުނު ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ މުހައްމަދު ލިޓޮން މަރާލި ގޮތް ޕީޖީ އޮފީހުން ހާމަ ކޮއްފިއެވެ.
ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ތެޔޮ ބޯޓަކުން ގެއްލުނު ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ މުހައްމަދު ލިޓޮން މަރާލީ މޫދަށް ވައްޓާލައިގެން ކަމަށާއި އޭނާ އާއެކު އެ ބޯޓުގައި ދެން ދަތުރުކުރި ގދ. ތިނަދޫ/ މަނާރު، މުހައްމަދު ނިޒާމް އެކަން ކުރީ ލިޓޮން އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ނިޒާމު އެކަން ކުރީ ލިޓޮން އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައިކަން ތަހުގީގަށް ހޯދިފައިވެ އެވެ. އަދި ހެދޭކުރި ދޯނީގައި ހުރި ލިޓޮންގެ 51،000 އަށްވުރެ ގިނަ ފައިސާ ނިޒާމް ވަގަށް ނަގާފައިވާ ކަމަށްވެސް ބުންޏެވެ.
އެ މައްސަލާގައި ނިޒާމުގެ މައްޗަށް ދައުވާ އުފުލިކަން ހާމަކޮށް ޕީޖީ އޮފީހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ނިޒާމު، ލިޓޮން މަރާލާފައިވަނީ ލިޓޮންއަށް ނޭނގި ހުއްޓައި، ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮއްޕާ ވައްޓާލައިގެން ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ 28 ޑިސެމްބަރުގެ ރޭ 7:00 އާއި 8:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށްވެސް ބުންޏެވެ.
މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު “ހެދާކުރި” ނަމަކަށް ކިޔާ ތެޔޮ ދޯންޏެއްގައި ވިލިމާލެއިން ފުރި، ނިޒާމް، 45އ. އާއި ލިޓަން، 35އ. ކަނޑުމައްޗަށް ގެއްލިގެން ރިޕޯޓުކޮށްފައި ވަނިކޮށް ނިޒާމް މާލޭގައި އުޅެނިކޮށް ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ލިޓަން އަދިވެސް ނުފެނެއެވެ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.