1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ނިމި އަންނަ ހޯމަ ދުވަހު ޓެސްޓް ފްލައިޓް ޖައްސަނީ

far
މުހައްމަދު އަޚްތަރު
422ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ. ފަރެސްމާތޮޑާ އެއާޕޯޓަށްމަސައްކަތް ނިމި މި އަންނަ ހޯމަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް ނިންމައިފިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ ސޯޝަލް މީޑިއާ ޕޭޖުގައި ބުނެފައިވާ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 03:45 ގައި ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ފައިނަލް ކުރެވިފައިވާ ކަމުގައެވެ. އެ އެއާޕޯޓަށް ޓެސްޓް ފްލައިޓެއްގެ ގޮތުގައި ޖައްސާނީ މޯލްޑިވިއަންގެ ފްލައިޓެއް ކަމަށް ވެސް އެ ޕޭޖުގައި ބުނެފައިވެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް ތައްޔާރުވަމުންދާއިރު، އެއާޕޯޓުގެ އުމްރާނީ މަސައްކަތްތައް މިހާރު ވަނީ ނިންމާފައެވެ. އަދި ފަރެސްމާތޮޑާ ގެ ރައްޔިތުން ވަނީ އެއަރޕޯޓް ސާފު ކުރުމުގެ މަސައްކަތުގައި އެހީތެރި ވާން ފަށާނެއެވެ. އެހެންނަމަވެސް، އެއާޕޯޓު ހުޅުވާ ދުވަހަށް ފަރެސްމާތޮޑާއިން އެއާޕޯޓަށް ދިއުމަށް ތަރައްގީ ކުރާ ބްރިޖުގެ މަސައްކަތް ނުނިމޭނެ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވަނީ ދާދި ފަހުން ބުނެފައެވެ. އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވަނީ ފަރެސްމާތޮޑާ އެއާޕޯޓް ބްރިޖުގެ މަސައްކަތް ލަސްވީ ޕްލޭންކުރި ވަރަށް ވުރެ ބޮޑެތި ތަނބުތައް އެ ސަރަހައްދަށް ފައްތަން ޖެހުމުން ކަމަށެވެ.

300 × 250

އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން 1،200 މީޓަރުގެ ރަންވޭ އެއް ހަދާފައިވާ އެއަރޕޯޓް ގައި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔަރ ޕެޑް އަދި ފަޔަ ރޯޑެއްގެ އިތުރުން ފަޔަރ ބިލްޑިން އިމާރާތެއް ވަނީ ތަރައްގީކޮށްފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. މި އެއަރޕޯޓް ތަރައްޤީކުރަނީ ކައިރީގައި ހުރި ކުދި ރަށްތަކެއް ހިއްކައިގެންނެވެ. އެއީ 19.9 ހެކްޓަރުގެ ބިމުގެ ސަރަޙައްދެކެވެ. ބިން ހިއްކުމުގެ މަސައްކަތް 2019 ވަނަ އަހަރު ނިންމި ނަމަވެސް، ދިގު މުއްދަތެއްވަންދެން އެއަރޕޯޓްގެ ޢަމަލީ މަސައްކަތް އޮތީ ނުފެށިއެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ.

އެމްޓީސީސީން ޢަމާޒު ހިފާފައިވަނީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތްތައް މުޅިން ނިންމާ، ޖުލައި މަސް ތެރޭގައި ސަރުކާރާއި އެއަރޕޯޓް ހަވާލުކުރުމަށެވެ. އެއަރޕޯޓް ތަރައްޤީކުރަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެންނެވެ. ރަންވޭއަކީ 1200 މީޓަރުގެ ދިގު ރަންވޭއެކެވެ. ފަރެސްމާތޮޑާ އެއަރޕޯޓްގެ ޓަރމިނަލްވެސް ތަރައްޤީކުރަނީ ތަފާތު ސްޓްރަކްޗަރއަކަށެވެ. މިއީ ޕްރީ ފެބްރިކޭޓެޑް އިމާރާތަކެވެ.

މި ޕްރޮޖެކްޓަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި