ގިރިންދާ ގެ ނަމުގައި މަސްތުވާ ތަކެއްޗާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމްޢިއްޔާ އެއް ތިނަދޫ ގައި އުފައްދައިފި އެވެ.
މި ޖަމްޢިއްޔާ މުއައްސިސުންނަކީ އަބްދުއްالله ޝާފިޒް (ނިއުޒީލް)، މުޙައްމަދު ޝަރީފް (ފުސްތުޅާ)، އާދަމް މަނިކް (މޯމެންޓް) އަދި މުޙައްމަދު ޒާހިރު (މުނިޔާ)އެވެ. ގިރިންދާ ޖަމްޢިއްޔާގެ ރައީސަކީ މުޙައްމަދު ޖާވިދު (އަސަރީގެ) ނައިބް ރައިސަކީ ހުސައިން އާދަމް (ރިވެލް ފިޝް) އެވެ.
ޖަމްޢިއްޔާގެ މަޤްސަދަކީ މަސްތުވާތަކެތީގެ ބަލީގައި އުޅޭ ކުދިންނާއި މީހުންނަށް އެހީތެރިވުމާއި އެފަދަ ފަރާތްތައް ރަނގަޅު ގޮތުގައި މުޖުތަމަޢުއަށް ނެރެ ސަލާމަތްވެ ތިބުމަށް ފޯރުކޮށްދެވޭނެ ހުނަރާއި މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރު ކޮށް ދިނުނުމެވެ.
ހުވަދޫ ނޫހަށް މަޢުލޫމާތު ދެއްވަމުން ގިރިންދާ ގެ ރައީސް މުހައްމަދު ޖާވިދު ވިދާޅުވީ އެންޖީއޯ ގެ ބޯޑު އެކުލަވާލުމަށް ފަހު ވަރަށް ގިނަ ހަރަކާތްތައް ހިންގުމަށް ގަސްތު ކުރާ ކަމަށާއި އުންމީދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޖަމިއްޔާ ހަރަކާތްތެރިވުން ކަމަށެވެ.
ގިރިންދާ ހޯމް މިނިސްޓަރީ ގައި ރަޖިސްޓަރީ ކޮއްފައި ވަނީ 23 ފެބްރުވަރީ 2023 ގައެވެ.
"ގިރިންދާ" މި ބަހަކީ ކުރީ ޒަމާނުގައި ތިނަދޫ ގައި ބޭނުން ކުރާ ބަހެކެވެ. މާނަޔަކީ ކަންކަމުގައި ގަދައަޅައި މަސައްކަތް ކުރުމެވެ.
ގިރިންދާ ނަމުގައި ޖަމްޢިއްޔާ ރަޖިސްޓަރީ ކުރުމުގެ ކުރިން ވެސް މި ޖަމްޢިއްޔާ ގެ އިސް ފަރާތްތަކުން ވަނީ ކޮމިއުނިޓީ ސަޕޯޓް ގުރޫޕެއްގެ ގެ ގޮތުގައި ތިނަދޫ ގައި ހަރަކާތްތެރިވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.