1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިމާރާތުން ވެއްޓުނު މީހާ ނިޔާވެއްޖެ

BB065820-EB17-4B92-A70B-625BF03FB099
މުހައްމަދު އަޚްތަރު
1,201ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހެންވޭރު ސަހަރާ ކައިރި، އިމާރާތަކުން މިރޭ ވެއްޓުނު އަންހެން މީހާ ނިޔާވެއްޖެ ކަމަށް ފުލުސް އޮފީހުން ބުނެފިއެވެ.

ފުލުހުން ބުނީ އިމާރާތަކުން ވެއްޓުނީ 32 އަހަރުގެ ދިވެހި އަންހެނެއް ކަަމަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަންހެން މީހާ ވެއްޓުނު ސަބަބެއް އަދި ނޭނގެއެވެ. އާއްމުވި ފޮޓޯއަކުން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި އޮތީ ބަންޑުންނެވެ. ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

300 × 250

އިމާރާތަކުން މިރޭ މީހަކު ވެއްޓުނުއިރު ރޭ ދަންވަރު މާލޭގެ އިމާރާތަކުން ވެއްޓި ހަތަރު އަހަރުގެ ކުއްޖަކު ވަނީ މަރުވެފައެވެ. ރޭވެސް ނިޔާވީ ހެންވޭރު ގެއަކުން ވެއްޓުނު ކުޑަ ކުއްޖެކެވެ. އެ ކުއްޖާ ނިޔާވީ އޭޑީކޭ ހޮސްޕިޓަކުން ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎،

މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! އާމީން

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި