1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މި ރޯދަމަހު ކުޅިވަރު ކުޅެ މުނިފޫހިފިލުވާނަމަ ތިނަދޫ ކައުންސިލުން ފިޔަވަޅު އަޅަނީ

Thinadhoo Council
މުހައްމަދު އަޚްތަރު
4,207ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރިޔަށް މިއޮތް ރޯދަމަހު ކުޅިވަރު ކުޅެ މުނިފޫހިފިލުވާނަމަ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފިއެވެ.

ތިނަދޫ ކައުންސިލްގެ ރަސްމީ ފޭސްބުކްޕޭޖުގައި އާންމުކުރި މިއަހަރުގެ 33 ވަނަ އިއުލާނުގައި ބުނެފައިވަނީ، ދުވާލުގެ ވަގުތުގައި އާއި ޚާއްސަކޮށް ރޭގަނޑުގެ ވަގުތުގައި ކުޅިވަރުގެ ހަރަކާތެއް އަދި މުނިފޫހި ފިލުވުމުވެ ހަރަކާތެއް އެއްވެސް މިންވަރަކަށް ހިންގައިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އެ އިއުލާނުގައި ބުނެފައިވަނީ، ސަރުކާރުގެ މުވައްސަސާތަކާއި، ސްކޫލްތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުން ރަމްޟާން މަހުގެ މަޤްސަދު ހާސިލް ކުރުމަށް ކަންކަން ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ސަމާލުކަން ދިނުމަށް ވަނީ ނަސޭހަތްތެރިވާ ކަމަށެވެ.

300 × 250

އަދި ރޯދައަށް ތިބޭ ވަގުތު ތަކުގައި އެކަކު އަނެކަކަށް ހަމްދަރުދީ ވުމަށާއި، ރަސްމީ މަސައްކަތަށް ބުރޫ ނާރާގޮތަށް އަޅުކަމަށް ވަގުތު ފަހިކޮށްދިނުމަށާއި ނަމާދު ވަގުތާއި ރޯދަވީއްލުމުގެ ވަގުތާއި ތަރާވީސް ވަގުތުތަކަށް ފުށު ނާރާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީ ތަކާއި އެހެނިހެން ރަސްމީ ކަން ކަން އިންތިޒާމް ކުރަން ތިނަދޫ ކައުންސިލުންވަނީ އެދިފައެވެ. އަދި ދީނި ހަރަކާތެއް އިންތިޒާމް ކުރި ކަމުގައި ވިޔަސް، ތިނަދޫ ކައުންސިލަށް ދުރާލާ އެންގުމަށް ވެސް މިއިއުލާނުގައި ވަނީ ބުނެފައެވެ.

2EBEFAAA-FC77-4996-BF24-842DD0E648472B55F41B-C131-4B0B-ABEB-B777A33C87756921F390-92EC-4596-AF8B-92BF0E76B8D1D9ACA8D4-CD05-467D-8DB4-8ED81A165A34

މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ، އިއުލާނުގައި ބުނެފައިވާ ކަންކަމަށް އެއްބާރުލުން ނުދޭނަމަ އަދި ގަސްތުގައި އުސޫލާއި ޚިލާފަށް އަމަލު ބަހައްޓާނަމަ، އެފަދަ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

300 × 250

ޚިޔާލު (4)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ސޯލޭ

    ކަލޯ ތަކާކަން ޖެއްސުމަން ކޮޅަކައިކެތީބު ސައުދުﷲ ހިލްމީ ކުޅިވަރު މަރުކަޒު ކެތެންވަރަކަންއަސް މުބާރާތެ ބާއްވަންނާ ތަން ނުވެންނެއި އެއްކައިކަސް.

  • މުގުނީ ގޮފި

    ރޯދަމަހު ކުޅިވަރު ކުޅުނޭކިޔާފަ ކަލެއަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ. ކައުންސިލް ބެލުމުގެ ދަށުގައި ހުރި ތަންތަނުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ކައުންސިލުން ނުދިނުމުގެ ބާރު ކައުންސިލަށް އޮންނާނެ.އެވެ. އެކަމަކު މަސްރޭސް ބޭއްވުމާއި ޑިގު މުބާރާތް ބޭއްވުމާއި ރާޒުވާ ކެރަމް ފަދަ މުބާރާތްތަށް ބާއްވާނަމެވެ. ކެރެންނާ ފިޔަވަޅު އަޅަންވީއެވެ ކައުންސިލުގެ ބާރު ހިގާ އެއްވެސް ބިމެއް އިމާރާތެއް ބޭނުމެއް ނުކުރާނަމެވެ. ގާނޫނީ ގޮތުން އަޅޭނެ ފިޔަވަޅެއްވެސް ނޯންނާނެއެވެ. ޕުލުހުން އެކަމަށް ހުރަހެއްވެސް ނާޅާނެއެވެ. މީހުން ދައްކަނީ ހަމަ ތެދުވާހަކައެކެވެ. ޖާނުން ބޮޑަސް ސިކުޑީގައި ހަމަ ތެއްކަމެއް ނެތީއެވެ އޭނާ ލައްވާ އެކަހަލަ މޮޔަ ކަންތަށް ކޮއްފާ ބާކީތިބި 6 މީހުން ތިބެނީ އަތްޖަހާށެވެ.

  • އިބަރާހީމް ރައީސް

    މުހައްމަދު ޝަރީފް ސައުދު ލައްވާ ބޭނުން ކަމެއް ކުރުވާނެ، ބާކީ ތިބި މީހުން ޖެހޭނީ ފެލިފެލި ތިބެން

  • އާދަނު

    ސާބަސް.. ހިތްވަަަ

ގުޅުންހުރި