ގއ. ގެމަނަފުށީ ކޯޓްގެ އިސްމެޖިސްޓްރޭޓް ކަމުގެ ހުވާ ގއ. ގެމަނަފުށީ ގެމަނަ އަލްއުސްތާޛް އަޙްމަދު ރޫޙުﷲ ޝިޔާމް ކުރައްވައިފިއެވެ.
އަލްއުސްތާޛް އަޙްމަދު ރޫޙުﷲ ޝިޔާމަކީ، ދިވެހިރާއްޖޭގޭ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނަރސް ޙާޞިލް ކުރައްވައި އަދި އެ ދާއިރާއިން ވިލާ ކޮލެޖުން މާސްޓާރސް އޮފް ޝަރީޢާ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. ގއ. ގެމަނަފުށީ ކޯޓްގެ އިސް މެޖިސްޓްރޭޓަރުގެ މަޤާމަށް އަލްއުސްތާޛް އަޙްމަދު ރޫޙު ﷲ ޝިޔާމް އައްޔަން ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ލީގަލް އޮފިސަރެއްގެ މަޤާމުގައެވެ.
މި ރަސްމިއްޔާތުގައި ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށާއި، ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓަށާއި، މ. މުލީ މެޖިސްޓްރޭޓް ކޯޓަށް ވެސް މެޖިސްޓްރޭޓުން އައްޔަން ކުރައްވައި، މަޤާމުގެ ހުވާ ކުރައްވާފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.