ނ މަނަދޫ އަށް އުފަން ޒުވާނުން ތަކެއް ގުޅިގެން އުފައްދައި ހަރަކާތްތެރި ވަމުންދާ" ހިޔަލަ" ގުރޫޕްގެ ފަރާތުން މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ތައްޔާރު ކޮށްފައިވަނީ ވަރަށް ތަފާތު މެސެޖެއް ދޭ ވީޑިއޯ ލަވައެކެވެ.
ހިޔަލަ ގުރޫޕްގެ 4 އަންހެން ފަންނާނުންގެ ކުޅަދާނަ އަދި ފަރި ނެށުން ތަކެއް ހިމަނައިގެން ތައްޔާރު ކޮއްފައިވާ މި ވީޑިއޯ ލަވައިގައި ދިވެހި އަންހެން ދަރިން އެކުވެރިވެ, ގުޅިގެން ކުރާ މަސައްކަތްތަކުން ލިބިދޭ ފުރުސަތު އަދި ކާމިޔާބީ ވާހަކަ އެއްގެ ސިފައިގައި ވަރަށް ފުރިހަމައަށް ދައްކުވާ ދީފައި ވެވެ.

މި ލަވަ އިއްޔެ ޔޫޓިއުބު ގައި ރިލީޒް ކުރުމަށް ފަހު "ހުވަދޫ" ނޫހަށް މަޢުލޫމާތު ދެމުން ގްރޫޕްގެ މެނޭޖަރ އަހުމަދު އަބްދުﷲ ބުނީ މި ލަވަޔަކީ މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އެ ދުވަހު ނެރުމަށް މަސައްކަތް ކުރި ލަވައެއް ކަމަށާއި ނަމަވެސް ދިމާވި ޓެކްނިކަލް ކަމަކާ ގުޅިގެން ލަވަ ނެރުން ލަސްވީ ކަމަށެވެ.
"އަންހެން ދަރިންގެ ޙައްޤުގައި" ލަވައިގެ ޅެން ، ރާގު ، ވީޑިއޯ ކޮންސެޕްޓް އާއި ޑައިރެކްޝަން ހެދީ ހިޔަލަ ގުރޫޕްގެ އެސިސްޓަންޓް މެނޭޖަރ އަދި ކުޅަދާނަ ފަންނާނު އަބްދުﷲ ޝާހިދު (ޓެޑީ) އެވެ. ލަވަ ކިޔާފައިވަނީ އައިޝަތު ޖޫނީ ޖިނާހް އަދި ޒާރާ އަޒްނިލް އެވެ.
ލަވައިގެ އޯޑިއޯ ޕްރޮޑަކްޝަން ގެ މަސައްކަތް އެއްކާފު ސްޓޫޑިއޯ އިން ކޮއްފައިވާ އިރު ލަވައިގެ ވީޑިއޯ އެޑިޓް ކޮށް މިކްސިންގެ މަސައްކަތް ކޮއްފައި ވަނީ ޙުސައިން ސުނެއިން (ސުނޭ) އަދި އިބްރާހީމް ސުޖާއު (ޖަންކީ) އެވެ. "އަންހެން ދަރިންގެ ޙައްޤުގައި " ލަވައިގެ ކެމެރާމަން އަކީ ޖަންކީ އެވެ. އަދި ވީޑިއޯ ޑައިރެކްޓް ކުރުމުގައި އަބްދުﷲ ޝާހިދު (ޓެޑީ އަށް އެންމެ ބޮޑު އެހީތެރި ދީފައި ވަނީ އަހުމަދު އަބްދުﷲ (އޭޑީ) އެވެ.
މި ލަވައިގަ އިސް ރޯލެއް އަދާ ކުރަނީ ހިޔަލަ ގުރޫޕް ގެ އަންހެން ފަންނާނު ކަމުގައިވާ އާމިނަތު އިނާޔާ،ޢާއިޝަތު ސުއިޒާ،ޙައްވާ ޒާހިރާ އަދި ރުއްޔިޔާން ސައުޝަން އެވެ.
https://m.youtube.com/watch?v=BBlLtDuP5to&feature=youtu.be
ނ އަތޮޅު މަނަދޫ ގައި ތިބެ ނެތުމުގެ ހަރަކާތްތައް ކުރިޔަށް ގެންދާ އަދި އެ މަސައްކަތުން ރަނގަޅު އާމްދަނީ އެއް ހަދަމުންދާ ހިޔަލަ ގްރޫޕް އުފެދުނީ 2019 އަހަރު އެވެ. ކުޅަދާނަ ނެށުންތެރިން ތިބި މި ގްރޫޕަކީ ރިސޯޓް ތަކާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ނެށުން ހުށަހަޅައި ދެމުންދާ މަޝްހޫރު ގްރޫޕެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.