ހެޕީ މަރކެޓް ގެ ގދ ތިނަދޫ ފިހާރަ ހުޅުވާ މިއަދު ހެނދުނުން ފެށިގެން ޚިދުމަތް ދިނުމަށް އެ ފިހާރައިން ތައްޔާރު ވެއްޖެއެވެ
"ހުވަދޫ" އަށް މަޢުލޫމާތު ދެއްވަމުން ހެޕީ މާކެޓުން ވިދާޅުވީ މިއަދުން ފެށިގެން ތިނަދޫ ގައި ވިޔަފާރި ހުޅުވާލަނީ ރޯދަ މަސް ފެށުމުގެ ކުރިން ރައްޔިތުންނާށް ހެޕީ މަރކެޓް ގެ ޚިދުމަތް ދޭން ފެށުމުގެ ބޭނުމުގައި ކަމަށާއި ރަސްމީކޮށް ޑިސްޓްރިބިއުޝަން ސެންޓަރ އަދި ފިހާރަ ހުޅުވާނީ އަންނަ ކުޑަ އީދު ފާހަގަ ކުރާ މުނާސަބަތާ ދިމާކޮށް ކަމަށެވެ.
ހެޕީމާކެޓުން ވިދާޅުވިގޮތުގައި ތިނަދޫ ފިހާރައިން ވެސް ހެޕީ މަރކެޓްގެ މާލޭ ފިހާރަ ތަކުން ވިއްކާ ހުރިހާ އެއްޗެއް ހޯސޭލްކޮށް މާލެއާއި އެއްއަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.
ތިނަދޫ ޗައިނާ ފްލެޓް ތައް ކައިރިން ސްޓޭޑިއަމް އަށް ދާން އިންނަ މައި މަގުގައި ހަދާފައިވާ ހެޕީ މަރކެޓް ގެ ފިހާރައަކީ ތާޒާ ކަމާ ރައްކާތެރި ކަމާއެކު ކާބޯތަކެތި ވިއްކޭ ގޮތަށް އެންމެ ޒަމާނުގެ ކޯލްޑް ސްޓޯރޭޖަކާއި އެކު ހަދާފައިވާ ތަނެކެވެ.
ހެޕީ މަރކެޓް ގެ ފިހާރައަކާއި ޑިސްޓްރިބިއުޝަން ސެންޓަރ ތިނަދޫ ގައި ހުޅުވުމުން މުޅި ހުވަދު އަތޮޅަށް އޭގެ މަންފާ ކުރާނެއެވެ. ޚާއްޞަ ގޮތެއްގައި މާލެއިން ގަނޑުކޮށް މުދާ ގަނެގެން އަތޮޅަށް ގެނެސް ވިޔަފާރި ކުރާ ފަރާތްތަކަށް ބޮޑު ފަސޭހަ ކަމެއް ލިބިގެން ދާނެ އެވެ.
ހެޕީ މަރކެޓް އަކީ ވަރަށް ގިނަ ބާވަތްތަކުގެ މުދަލާއި ކާބޯތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މަޝްހޫރު ކުންފުންޏެކެވެ. ހެޕީމާކެޓުން ލިބެންހުންނަ މަޝްހޫރު ބްރޭންޑްތަކުގެ ތެރޭގައި ހެޕީޑޭ ޖޫސް، ސިއަރާ ކުކުޅު، އޮލްޑަންބަރގަރ ބަޓަރު އަދި ކިރު، ސެންރެމޯ ޕާސްތާ، ބެގަރ ޗީޒް، ފޯޗިއުން ބާސްމަތީ ހަނޑޫ ހިމެނެއެވެ.
ހެޕީ މަރކެޓް ގެ ފިހާރަތައް މާލެ ސަރަހައްދުގެ އިތުރުން އައްޑޫ އަދި ކުޅުދުއްފުށީގައި ހުރެއެވެ. ހެޕީމާކެޓުން ވަނީ މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ގިނަ އަދަދެއްގެ ކާބޯތަކެތީގެ އަގު ވަރަށް ބޮޑުތަން ހެޔޮކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.