ގދ ތިނަދޫގެ ހުސްބިން ތަކާއި މަގުތަކުގައި ހުއްދަ ނެގުމަކާނުލައި ބަހައްޓާފައި ހުރި ތަކެތި ނެގުމުގެ މަސައްކަތްކުރަމުން ދާކަމުގައި ކައުންސިލްގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާ އިން ވިދާޅުވީ ކައުންސިލްގެ ހުއްދަ ހޯދުމަކާނުލާ މަގާއި ދުވާރު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވާގޮތަށް ހުރި ބައުވެ ހަލާކުވެފައިވާ އަދި ބޭނުން ނުކުރާތާ ގިނަދުވަސްވެފައިވާ އެއްގަމު އުޅަނދުތަކާއި އެނޫންވެސް ތަކެތި ނެގުމުގެ މަސައްކަތް އެ ކައުންސިލް ފަށާފައިވާކަމަށެވެ.

96F56454-0F46-4728-81F3-0A4994EDF67A
އެކަން އަންގާ ތިނަދޫ ކައުންސިލްގެ އިދާރާއިން ކޮއްފައިވާ އިއުލާނުގައި ބަޔާންކޮއްފައިވަނީ 22 މަރޗް 2023 އިން ފެށުގެން 15 ދުވަހުގެ ތެރޭގައި، އެ އިދާރާގެ ހުއްދަ ނުނަގާއި އާންމުނަށް އުނދަގޫވާގޮތަށް މަގުތަކާއި ދުވާރު މަތީގައްޔާއި އާންމުންތަންތަނުގައި ބަހައްޓާފައި ހުރި ތަކެއްޗާއި، ބައުވެ ހަލާކުވެފައިވާ ނުވަތަ ބޭނުން ނުކުރާތާ ގިނަ ދުވަސްވެފައިވާ އެއްގަމު އުޅަނދުތައް ނެގުމަށެވެ. އަދި ގިނަވެގެން 30 ދުވަހުގެ ތެރޭފައު އެތަކެތި ނުނަގައިފިނަމަ އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮއްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު (ނަންބަރ R-199/2014 ) ގެ ދަށުން އެތަކެތި އެއީ ދޫކޮއްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅާއި އެ ގަވާއިދުގެ 8 އަދި 9ވަނަ މާއްދާގެ ދަށުން އަތަކެއްޗާއި އަމަލުކުރެވޭނެ ކަމަށެވެ.