ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 (ތިންހާސް) ރުފިޔާ ދޭންވާނެ ކަމަށެވެ.
ރަމަޟާން މަހުގެ އިނާޔަތު ފައިސާ ނުލިބޭ ކަމުގެ ވާހަކަ ތަކާއި ޝަކުވާތައް ގިނަ ވަމުން ދާތީ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ޝަކުވާ ހުށައެޅުމަށް އެއިދާރާއިން އެދިފައެވެ.

އަދި ވަޒީފާދީގެން މުވައްޒަފުން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުންވެސް، ރަމަޟާން މަސް ފެށުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މުވައްޒަފުންނަށް ރަމަޟާން މަހުގެ ޢިނާޔަތް ދެއްވުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން މީގެ ކުރިން އަންގަވާފައިވެއެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެފައި ވަނީ ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާންމަހުގެ ޢިނާޔަތް ނުދޭ ކަމުގައެވެ. . އަދި ޢިނާޔަތް ދިންކަމުގައިވިޔަސް، ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައިނުވާކަން މީގެ ކުރިންވެސް ފާހަގަކުރެވިފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.