މިރޭ މާލޭގައި ޕީޕީއެމް މުޒާހަރާ ކަވަރު ކުރަން އުޅުނު ހުވަދޫ މީޑިއާގެ އަންހެން ނޫސްވެރިޔާ, ފާތިމަތު ތައުފީޤްއަށް ފުލުހުންގެ ފިރިހެން އޮފިސަރަކު ޖިންސީ ފުރައްސާރަކޮއްފި އެވެ.
ނޫސްވެރިޔާ ރެކޯޑް ކޮއްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިޔަކު ހައްޔަރު ކުރަމުން ދިޔަ މަންޒަރު ކަވަރު ކުރަމުން ދިޔަ ވަގުތު ވީޑިއޯކުރުމަށް ހުރަސް އެޅުމަށް ފިރިހެން ފުލުހަކު ކޮމާންޑް ދޭ މަންޒަރު ފެނެއެވެ. އަދި އެ ކޯމާންޑަށް އަމަލު ކުރަމުން ފިރިހެން ފުލުސް އޮފިސަރު އަތުން ނޫސްވެރިޔާ މޭމަތީ އަތްލާފަ ދުރަށް ޖައްސާ މަންޒަރުފެނެއެވެ. އަދި އެ ވަގުތު ނޫސްވެރިޔާ ގައިގަ އަތްނުލުމަށް ފުލުސް އޮފިސަރު ކައިރީ ދެފަހަރު ބުނާ އަޑުއިވެއެވެ.
މީގެ އިތުރުން މިކަން ހިނގިތާ އިރުކޮޅެއް ފަހުން ފުލުސް ވެހިކަލެއް ކައިރިންވެސް ނޫސްވެރިޔާ ފާތިމަތު ތައުފީޤްއަށް ފުލުހުން ހުރަސް އަޅާ މަންޒަރުވެސް ފެނިގެންދެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.