1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަނޑުހުޅުދޫގައި ޒުވާނަކު އަމިއްލަ އަށް މަރުވެއްޖެ

ގއ.ކަނޑުހުޅުދޫ--ހުވަދޫ ފޮޓޯ: އަލީ އަޒުވާން
ގއ.ކަނޑުހުޅުދޫ--ހުވަދޫ ފޮޓޯ: އަލީ އަޒުވާން
ހުވަދޫ ނިއުސް ޓީމް
11,679ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ގައި އުމުރުން 24 އަހަރުގެ ޒުވާން ފިރިހެނަކު އަމިއްލަ އަށް މަރުވެއްޖެއެވެ.

އެރަށުގެ ކައުންސިލްގެ އޮފިޝަލަކު "ހުވަދޫ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިއަދު ހެނދުނު 6 ޖެހިއިރު އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އެރަށުގެ ފަޅުތެރޭ މޫދުގައި ސައިކަލާއި އެކު އޮއްވާ ކަމަށެވެ. އަދި އޭނާގެ އެއް ފައިގައި ވަލެއް އައްސާފައި އޮތް ކަމަށާއި، އެ ވާގަނޑުގެ އޮތީ އޭނާގެ ސައިކަލުގައި އައްސާފައި ކަމަށެވެ.

އޮފިޝަލް އިތުރަށް ބުނީ، އެ ޒުވާނާ އަކީ ސިކުނޑީގައި ކޮންމެވެސް ވަރެއްގެ އުނި ކަމެއް ހުންނަ ޒުވާނެއް ކަމަށާއި، ވަރަށް ގިނަ ފަހަރު އަމިއްލަ އަށް މަރުވާން ބޭނުންވާ ވާހަކަ ދައްކާ ކަމަށެވެ. ރޭގެ މެންދަމުގެ ވަގުތެއްގައި ގެއިން ވަލެއް ހިފައިގެން އޭނާ ދިޔަކަމަށް ކައުންސިލްގެ އޮފިޝަލް އެގޭގެ މީހުންނާއި ހަވާލާދީ "ހުވަދޫ" އަށް މައުލޫމާތު ދެއްވިއެވެ.

300 × 250

 

މީގެ އިތުރުން ކައުންސިލްގެ އޮފިޝަލް ވިދާޅުވީ، އެ ޒުވާނާގެ މަންމަ އެކި ފަހަރު މަތިން އޭނާގެ އަމަލު ތަކުގެ މައުލޫމާތު އެރަށު ކައުންސިލަށް ހިއްސާ ކޮށްފައިވާ ކަމަށާއި، ކައުންސިލް މެދުވެރިވެގެން، އޭނާ ޑޮކްޓަރަށް ދައްކާއި ބޭސް ދިނުމުގެ ކަންކަން ޖެންޑާރ އާއި ގުޅިގެން ވެސް ކުރިއަށް ގެންދިޔަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މަންޒަރުދުއް މީހަކު ހުވަދޫ ނޫހަށް ކިޔައިދިން ގޮތުގައި، ޒުވާނާ މޫދު އަޑިން ނެގި އިރު އެއްވެސް ހަރަކާތެއް ނުކުރާކަމަށާއި މޫދުން ނެގި އިރު ސައިކަލުގައި ޒުވާނާގެ ފައި ވާފަށަކުން އައްސާފައިވާ ކަމަށް މައުލޫމާތު ދެއެވެ. އަދި އޭނާގެ އަމަލު ތައް ހުންނަ ގޮތުންނާއި ދައްކާފައޖ ހުރި ވާހަކަ ތަކުން ޤަބޫލު ކުރެވެނީ، ފައިގައި ވާގަނޑު އައްސައިގެން ސައިކަލުގަ ބަނުމަށް ފަހު ސައިކަލާއި އެކީ ޖެޓީއިން ފުންމާލީ ކަމަށެވެ. އަދި ސައިކަލް ވެއްޓިފައި އޮތީވެސް އެރަށު ޖޭޓީގައި ހަދާފައި ހުރި ރޭމްޕާއި ދިމާލަށް ކަމަށް ވުމުން އޭނާ އަމިއްލައަށް މަރުވީކަމަށް ވަރަށްބޮޑަށް ބުރަވެވޭ ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެ ރަށަށް ގައި މިހާރު ވަނީ ހަރަކާތްތެރި ވާން ފަށައިފިއެވެ.

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ހިތިލީކްސް

    ކޮންމެވެސް ވަރެއްގެ ސިކުނޑި މައްސަލަ ނުހުންނަ މީހެއް ނޫޅޭނެ، އަމުދުން މިހާރު ރާއްޖޭގަ ، އެއީ މޮޔަކަމައް ހަދައިގެން އުޅުނީމަވެސް ދިވެހި ސަރުކާރުން ލާރިދޭ މަހުން މަހަށް.

  • ޠޫޠޫ

    ކޮބާ ނަން ވެސްނުލިބުނު ދޯ

ގުޅުންހުރި