ސަރުކާރާ އިދިކޮޅު މުޒާހަރާ އެއް ކަވަރުކުރަމުން ދިޔަ "ހުވަދޫ މީޑިއާ" ގެ އަންހެން ނޫސްވެރިޔާއަށް ފުލުހަކު ޖިންސީ މައްސަލަ މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފި އެވެ.
އެ ކަމާއި ގުޅިގެން އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުވަދޫ މީޑިއާގެ އަންހެން ނޫސްވެރިޔާ ފާތިމަތު ތައުފީގުގެ މޭމަތީގައި ފުލުހަކު ޖިންސީ ފުރައްސާރަ ކުރި މައްސަލަ އެ އެސޯސިއޭޝަންގެ ސަމާލުކަމަށް އައުމުން އެކަން ހިނގާފައިވާ ގޮތް ބަލާފައިވާނެ ކަމަށެވެ. އަދި ބެލިބެލިމުން ކަންބޮޑުވުން ހުރި ކަންކަން ފާހަގަކުރެވިފައި ވާ ކަމަށެވެ.
https://twitter.com/mjamaldives/status/1642219268975759364?s=46&t=YOMcM7x-FnT57_2QqFS_kQ
އެމައްސަލަ ސަމާލުކަމަށް އައުމާއެކު އެ ޔޫނިއަންގެ ވިމަންސް ކައުންސިލް އެއްވެ އެހާދިސާއާ ގުޅޭ މައުލޫމާތު އެއްކޮށް ބެލިކަމަށާއި އެކަން ފާޅުގައި ކުށްވެރި ކުރުމަށް ވިމެންސް ކައުންސިލަށާއި އެ ޔޫނިއަންއަށް އިއްތިފާގު ވެވުނު ކަމަށް އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެމްޖޭއޭއިން ބުނީ ފާތިމަތު ތައުފީގު އެކައުންސިލަށް މައުލޫމާތުދީފައިވާ ގޮތުގައި މި ހާދިސާ ހިގައިދިޔަ ވަގުތަކީ ފުލުހުންގެ އަންހެން އޮފިސަރަކުވެސް އެ ސަރަހައްދުގައި ހުރި ވަގުތެއް ކަމަށެވެ. އަދި އަންހެން ނޫސްވެރިއެއްގެ ގައިގައި ފިރިހެން އޮފިސަރަކު އަތްލުމަކީ އެއްވެސް ގޮތަކަށް ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންވެސް އެއަދާކުރަނީ އެމީހުންގެ ޒިންމާކަން ފުލުހުންވެސް ގަބޫލުކޮށް އެމީހުންގެ މަސައްކަތަށް ފަހި މާހައުލެއް ތަނަވަސްކޮށްދިނުމަށް އެ ޔޫނިއަންއިން ދިވެހި ފުލުހުންނަށް ތަކުރާރުކޮށް ގޮވާލާކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެމްޖޭއޭ އިން ބަޔާނުގައި ބުނެފައިވަނީ މުޒާހަރާ ކަވަރުކުރާ ނޫސްވެރިން އަމަލުކުރާނޭ، އެންމެންނަށް އެއްބަސްވެވޭނޭ ގައިޑްލައިނެއް އެކުލަވާލާ އަމަލުކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށެވެ.
https://twitter.com/kudiiiiiiii/status/1641542933127241728?s=46&t=YOMcM7x-FnT57_2QqFS_kQ
އޭގެ އިތުރުން މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހުރަސް އެޅުމާއި، މުޒާހަރާތައް ރޫޅާލުމުގައި ނޫސްވެރިންނަށް އަނިޔާވާގޮތަށް އަމަލުކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުންގެ ފަރާތުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިގެން އެފަދަ މައްސަލަތައް އަވަސް ގޮތެއްގައި ބަލައި މިފަދަ ކަންކަމުގެ ހަގީގަތް ހާމަކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތަތަކާ މެދު ފިޔަވަޅު އެމަށްވެސް އެމްޖޭއޭއިން ވަނީ ގޮވާލާފަ އެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.