1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައްޑޫ ސިޓީ އިން ހިމަބިއްސަށް ކުޑަކުއްޖަކު ފައްސި ވެއްޖެ

E01267AF-0467-4236-ABBD-28AAD2BD0E3B
މުހައްމަދު އަޚްތަރު
368ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައްޑޫ ސިޓީ އިން (މީސްލްސް) ހިމަބިއްސަށް ކުޑަ ކުޑަކުއްޖަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ އިތުރު އެއް ކޭސް ދެނެގަނެވި ސާމްޕަލް ނަގައި ޓެސްޓް ހެދުމުގެ މަސައްކަތް ދަނީ ކުރެވުމުން ކަމަށާއި ނަމަވެސް އިންފެކްޝަސް ޕީރިއަޑް ފަހަނަ އަޅާފައިވާތީ ދެކުދިންގެ ފަރާތުން އިތުރަށް ބަލި ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހުން ސަބަބު ދެނެގަތުމުގެ މަސައްކަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކުރަމުންދާ ކަމަށެވެ. އަދި ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިންދިނުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

300 × 250

https://twitter.com/hpa_mv/status/1642865311186841601?s=46&t=YOMcM7x-FnT57_2QqFS_kQ

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ:
- ހުން އައުން
-ހަމުގައި ރަތް ބިހިތަކެއް ނެގުން

-ކެއްސުން، އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވޭ
-
އަލާމާތެއް ފެނިއްޖެ ނަމަ ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި