އިނގުރަކީ ބިމުތެރޭ ފެތުރެމުން ދުވާކުޅިރަހަލާގޮނޑިއެއް. ވަރަށް ގިނައިން ކާއެއްޗެތި ތައްޔާރު ކުރާއިރު އިނގުރު ބޭނުން ކުރޭ. މިގޮތުން އިނގުރު ސަޔަކީ ވަރަށް މީރު އަދި އެހާމެ ފައިދާ ހުރި ބުއިމެއް. ދަތުރު ކުރާއިރު މޭނުބައިކޮށް ހޮޑުލެވޭ މީހުން ދަތުރު ފެށުމުގެ 15 ވަރަކަށް މިނެޓް ކުރިން އިނގުރު ސައިތައްޓެއް ބޯލުމުން މިކަމަށް ލުޔެއް ލިބިގެންދޭ. އިނގުރު ސަޔަކީ ގޭސް ވުން ކުޑަކުރުމަށާއި ކާއެއްޗެތި ހަޖަމްކުރުމަށް އެހީތެރިވެދޭ ބުއިމެއް. ހަމަ އެހެންމެ ހުޅުހުޅުގައި ރިއްސާމީހުން ގަވާއިދުން ބުއިމަށް ރަގަޅު ބުއިމެއް. ރޯގާޖެހި ކަރުތެރެ ހިކިވެ މޭގައި ރޯގާ ހިފައިގެން އުޅޭނަމަ އިނގުރު ސަޔަކީ ބޭނުންކުރުމަށް އެންމެ ރަނގަޅު އެއްބުއިން، އެހެނީ އިނގުރަކީ ފުއްޕާމޭ ސާފުކޮށްދޭ މާއްދާ ތަކެކެއް ހިމެނޭ އެއްޗަކަށްވާތީވެ. ބަރުދަންލުއިކުރަން ބޭނުންވާނަމަ ގަވާއިދުން އިނގުރު ސައިބުއިން މީއީ ކުރެވިދާނެ ރަގަޅުކަމެއް. ގަވާއިދުން އިނގުރު ސައިބޯމިހުންގެ ސިކުނޑީގެ ސެލްތަކުގެ ބާރުގަދަވޭ. މިހެންކަމުން އަލްޒައިމާ ފަދަ ބަލިތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދޭ. އިނގުރަކީ ބައެއްކަހަލަ ކެންސަރ ސެލްތައް ހަށިގަނޑުން ނައްތާލައި،ކެންސަރ ޖެހުމުން ދުރުކޮށްދޭ އެއްޗެއް. އިނގުރު ގަހުގެ އެއްލާލަންޖެހޭ އެއްވެސް ބައެއް ނޯންނާނެ، ހުރިހާ ބައެއްވެސް ބޭނުންކުރެވޭނެ. މިގޮތުން އިނގުރުގަހުގެ ފަތް، ތަނޑު އަދި ގޮނޑި އިނގުރުސައި ތައްޔާރުކުރާއިރު ބޭނުން ކުރެވިދާނެ. އިނގުރުސައި ވަރަށް ގިނަ ގޮތްގޮތަަށް ތައްޔާރުކުރެވިދާނެ.
ފައިދާއިން ފުރިގެންވާ އިނގުރު!

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.