ބުޅަލެއް ފުންމައިގެންގޮސް އިމާމްގެ ކޮނޑަށް އަރާ، އޭނާ ޤުރުއާން ކިޔަވަމުން ދިޔަ ވަގުތު، އޭނާގެ މޫނުގައި ބޮސްދިނެވެ. އަދި އިމާމުވެސް އޭގެ ބަދަލުގައި، ބުޅަލަށް ހަމްދަރުދީވެ އޯގާތެރިވިއެވެ. އެ އިމާމާއި ބުޅަލުގެ ވީޑިއޯ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1 ބިލިއަން މީހުން ބަލާފައިވެއެވެ
އިސްލާމްދީނުގައި އެންމެހައި މަޚުލޫޤުންނަށް އަދާކުރަންޖެހޭ ރަޙުމާއި، ކުލުނާއި، އަދި ހަމްދަރުދީ އިމާމުގެ ޢަމަލުތަކުން މުޅި ދުނިޔެއަށް ފެނިގެން ދިޔައެވެ. އަދި އޭގެ ސަބަބުން، ދުނިޔޭގެ ކަންކޮޅުތަކުގައިވާ ޣައިރު މުސްލިމުންގެ ހިތުގައި އިސްލާމްދީނާ މެދު ޝައުޤުވެރިކަން އުފެދިގެން ދިޔައެވެ.
https://twitter.com/ajenglish/status/1643554070408597506?s=46&t=YOMcM7x-FnT57_2QqFS_kQ
ތަރާވީހު ނަމާދު ކުރަމުން ދިޔަ ވަގުތު، ބުޅަލަށް ހަމްދަރުދީވެ، އޯގާތެރިކަމާއި ލޯތްބާއެކު އަމަލުކޮށްފައިވާތީ، އަލްޖީރިއާގެ އިމާމު ވަލީދު މަހުސާސްއަށް ޝަރަފުވެރިކަމުގެ އިނާމު، އެ ގައުމު އިސްލާމީ ކަންތައްތައް ބަލަހައްޓާ އިދާރާއިން އިއްޔެ ވަނީ ހަވާލުކޮށްފިއެވެ.
ވީމާ، އަހަރެމެން މުސްލިމުންގެ ކިބައިގައި ހުންނަންޖެހޭ ހަގީގީ އިސްލާމީ ސޫރަ، އަބަދުވެސް ދައްކައި ދިނުމަށް އެންމެހާ މުސްލިމުންނަށް އިލްތިމާސް ކުރަމެވެ. ކިތަންމެ ކުޑަކުޑަ ކަމަކުންވެސް، ޣައިރު މުސްލިމެއްގެ ހިތް އިސްލާމް ދީނަށް ލެބިގެން ހިނގައިދާނެއެވެ.
"މާތް ﷲ، ތިޔަބައިމީހުންނާއި، މިއަޅާގެ ފާފަ ފުއްސަވާ ރަޙުމަތް ލައްވާށި. ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ އަނިޔާވެރިކަމުން ފަލަސްޠީނުގެ މުސްލިމުން ސަލާމަތް ކުރައްވާ، ޔަހޫދީން ހަލާކު ކުރައްވާ ނެތި ކުރައްވާދޭނވެ. އަދި ހައްދުފަހަނައަޅާފައިވާ ހިންދީންގެ އަނިޔާވެރިކަމުން އިންޑިއާގެ މުސްލިމުން ސަލާމަތް ކުރައްވާ، އިސްލާމް ދީނުގެ ޢަދުއްވުން ބަލިކުރައްވާދޭނވެ. އަޅަމެންގެ މުޤައްދަސް ޤިބުލަކަމަށްވާ، ގެފުޅު ހިފުމަށް ގޮވާލި ނަޖިސް މުޑުދާރު ކަލޭގެ، އަބުރަހާގެ ލަޝްކަރު ހިއްޕެވިފަދައިން ހިއްޕަވާ ހަލާކު ކުރައްވާދޭނވެ. އާމީން."
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.