1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފިލްމު "ނޫރާ" ގެ ޕޯސްޓަރ ރިލީޒްކުރުން މި މަހު 22 ގައި

340712900-219159557386046-1833046785160571965-n-876x509
މުހައްމަދު އަޚްތަރު
276ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝޫޓްކޮށްފައިވާ ދިވެހި ފިލްމް “ނޫރާ”ގެ ޕޯސްޓަރ ރިލީޒް ކުރުމުގެ ދުވަސް އިއުލާނުކޮށް ޕާޓްނަރުންނާއެކު ސޮއިކޮށްފިއެވެ. ގްރީން އާރޓްސް ފިލްމް ޕްރޮޑަކްޝަން ގެ ފުރަތަމަ ފީޗާ ފިލްމު “ނޫރާ”ގެ ޕޯސްޓަރު ދައްކައިލުމަށް ވަރަށް ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް އެ ޕްރޮޑަކްޝަނުން ބުނެއެވެ. އަދި ޕޯސްޓަރ ރިލީޒް ކުރުން އޮންނާނީ މިމަހު 22 ވަނަ ދުވަހު ކަމަށްވެސް އެ ޕްރޮޑަކްޝަނުންވަނީ އިއުލާނު ކޮށްފައެވެ. މިމަހު 11 ވަނަ ދުވަހު އައްޑޫ ސިޓީ ލަކޫޗިނާ ރެސްޓޯރެންޓްގައި ބޭއްވި ފިލްމް "ނޫރާ"ގެ ޕާޓްނަރުންނާއެކު ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި 24 ފަރާތަކާއި އެކު ސޮއިކޮށްފައިވެއެވެ.

340618879-2348629532012296-1097336718680030422-n

ފިލްމުގެ ސްޕޮންސަރުގެ ގޮތުގައި ސޮއިކޮށްފައިވަނީ:

300 × 250
  • އައްޑޫސިޓީ ކައުންސިލް - އެސޯސިއޭޓް ޕާޓްނަރ
  • ކޮންޓްރޯލް ޕީ - ޕްރިންޓިން ޕާޓްނަރ
  • ސިޓީ ވައިބް - ސައުންޑް އެންޑް ލައިޓިން ޕާޓްނަރ
  • ވައިޓް ޓާން - ބޭންޑް ޕާޓްނަރ
  • ވަގުތު - މީޑިއާ ޕާޓްނަރ
  • އެކްސްޕްރެސް ނިއުސް - ސްޓްރީމިން ޕާޓްނަރ
  • މުނި އަވަސް - ނިއުސް ޕާޓްނަރ
  • ހަލި ނިއުސް - ނިއުސް ޕާޓްނަރ
  • ޓައިޓަން މޯލްޑިވްސް - އިވެންޓް މެނޭޖިންގ ޕާޓްނަރ
  • ސަދާން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ - އެކްސްޕޯ ޕާޓްނަރ
  • ލަ ކުޗިނާ - ރެސްޓޯރެންޓް ޕާޓްނަރ
  • ވިސްޓާ ވިލާ - ގެސްޓް ހައުސް ޕާޓްނަރ
  • ޓިއުން އައްޑޫ - މިއުޒިކް ޕާޓްނަރު

އެފިލިއޭޓް ޕާޓްނާސް

  • އައްޑޫ އެޑްވޮކޭޓްސް ޗެމްބަރ
  • އީކުއޭޓަރ ވިލޭޖް
  • އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަން
  • އައްޑޫ ސްޓަންޓް ރައިޑާސް
  • ދުންމާރި ބޮޑުބެރު ގްރޫޕް
  • ސަމްޕީ
  • މައިލޯ ސިޓީ
  • ބާބާ ގާޑިޔާ
  • ލިބޭ އޮންލައިން
  • ސާއިރުންގެ ވާދީ
  • އިންކުއިޒް

ދިވެހި ފިލްމް “ނޫރާ”އަކީ ލޯބީގެ ފިލްމެކެވެ. މި ފިލްމްގެ ތެރެއިން އާއިލީ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރާ ގޮތް ފެނިގެންދާނެ ކަމަށް ގްރީން އާޓްސް އިން ވަނީ ބުނެފައެވެ. ދިވެހި ފިލްމް “ނޫރާ”ގެ މައިގަނޑު ރޯލްތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި މަރިޔަމް ޝަހުޒާ (ޝަހޫ) އަދި އަޙްމަދު އަމަން ޢަލީ (ޓޮމް) ހިމެނެއެވެ. މި ފިލްމްގައި ލީޑް ރޯލް ކުޅުމުގެ އިތުރަށް ފިލްމްގެ ޑައިރެކްޓަރ އަދި ވާހަކަ ލިޔުންތެރިޔަކީވެެސް ޝަހޫއެވެ. ދިވެހި ފިލްމް “ނޫރާ”ގައި ހަރަކާތްތެރިވާ އެހެނިހެން ބައެއް ތަރިންގެ ތެރޭގައި އަޙްމަދު ޝިފާއު، އިބްރާހީމް ޢަލީ، މުޙައްމަދު އަޒްމީލް، މުޙައްމަދު އަމީލް، އަޙްމަދު ރިފްއަތު، ނަޖުދް އާދަމް، މުޙައްމަދު މަދީން، ޝަމްސުއްނިޝާ ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ޖިމްޝާދު ޝަރީފް އާއި އައިމިނަތު ވަހީދާ ސަޕޯރޓިން އެކްޓަރުންގެ ގޮތުގައި ފިލްމުން ފެންނާނެއެވެ. އަދި ޚާއްސަ ފެނިލުމަކުން އައިމިނަތު ނޫރާ ވެސް ފެންނާނެއެވެ. މި ފިލްމުގެ ލަވަތައް ކިޔާދީފައިވަނީ އަޙްމަދު ޝިފާއު (ބެކަމް) އަދި ޢަލީ ޢަބްދުﷲ (ކޮމަންޑޫ އައްޔަ) އެވެ. ޕްރޮމޯޝަނަލް ލަވަ ކިޔާފައި ވަނީ ހަސަން ސިނާނު (އައްޑޫ ސިނާ) އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި