ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ކ. ގުރައިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން މިއަދު ހެނދުނު ފަށައިފިއެވެ . މިގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ މެމްބަރ އުސްތާޒް އަލީ ރިޒާ ކެންސަރުގެ އާލާސްކަންފުޅުގައި މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހު 23 ގައި އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.މި އިންތިހާބުގައި އެމްޑީޕީ އަދި ޕީޕީއެމްގެ އިތުރުން ދެން ވާދަކުރަނީ އެމްއެންޕީ އިންނެވެ. ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ ފަރާތުން ގޮނޑިއަށް ވާދަ ކުރަނީ އެތެރޭގެ ޕްރައިމެރީ ކާމިޔާބުކޮށް ޓިކެޓު ހޯއްދެވި އިބްރާހިމް ޝާޒްއެވެ.ޕީޕީއެމް އިން ގުރައިދޫ ދާއިރާއަށް ވާދަ ކުރަނީ ގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިޒާގެ ކޮށްކޮ އުސްތާޒް ހުސައިން ރިޒާ އެވެ.
ތިންވަނަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރާނީ އެމްއެންޕީގެ ކެންޑިޑޭޓު އަލީ އާރިފެވެ.

ގުރާދޫ ދާއިރާގައި ހިމެނޭ ގުރައިދޫ، ގުޅި އަދި މާފުށިން ޖުމްލަ ވޯޓް ލުމުގެ ހައްޤު ލިބިގެން ވަނީ 3،423 މީހުންނަށެވެ. އެލެކްޝަން ކޮމިޝަނުން އިއުލާން ކުރެވިފައިވާ ގޮތުން މި އިންތިޚާބުގައި ވޯޓުލުމަށް މާލޭގައި ޖުމްލަ 6 ފޮށު ބެހެއްޓޭނެއެވެ. އެއީ، ގުރައިދޫގައި ދެ ފޮށި، މާފުށީގައި ދެ ފޮށި އަދި ގުޅީގައި އެއް ފޮށީގެ އިތުރުން މާލެ އިއްޒުއްދީން ސްކޫލުގައި އެއް ފޮއްޓެވެ.

https://twitter.com/ElectionsMv/status/1647100229710381058?s=20

މިއަދު ކުރިއަށް ގެންދެވޭ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކަމަށެވެ. އެލެކްޝަން ކޮމިޝަނުން މައުލޫމާތު ދެއްވިގޮތުގައި ވޯޓުލުން ނިމެނީ ހަވީރު 5:30 ނުވަތަ 5:45 ހާއިރަށް ކަމަށްވާނަމަ ރޯދަ ވީއްލަން ފުރުސަތު ދޭނެ އެވެ. ނަމަވެސް 4:30 ހާއިރަށް ނިންމާލެވިއްޖެއްޔާ ބައި ގަޑިއިރަށްފަހު 5:00 ގައި ވޯޓު ގުނަން ފަށާނެއެވެ