ގދ ފިޔޯރީ ގައި އީދު ދުވަހު ކުލަޖެހުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުން ފިޔޯރީ ކައުންސިލުން މަނާ ކޮއްފިއެވެ.
ގާނޫން ނަމްބަރ 2010/07 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 115 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބޭއްވުނު 04 ވަނަ ދައުރުގެ ގދ-ފިޔޯރީ ކައުންސިލްގެ 57 ވަނަ ޢާއްމު ޖަލްސާއިން ނިއްމާފައިވާ ނިއްމުމާ އެއްގޮތަށް މިހިގާ 1444 ވަނަ އަހަރު ފިޠުރު ޢީދުގައި ވެސް އެއްވެސް ހަރަކާތަކާއި ގުޅުވައިގެން ކުލަ ޖެހުމަކީ މަނާކަމެއްކަމުގައި އާންމު ކޮށް އިޢުލާން ކޮށްފައެވެ.
މިއަދު ނެރެފައިވާ މި އިޢުލާން ގައި, މިފަދަ ކަންކަމަކީ މާތްވެގެންވާ އިސްލާމްދީނާއި ދުރު ހިންދޫދީނުގެ މީހުން ކުރަމުންދާ ކަމަކަށް ވުމާއެކު މިރަށުގެ ގިނަ ރައްޔިތުންތަކެއް ވަރަށް ބޮޑަށް ނަފްރަތު ކުރާކަމެއްކަމަށް ފާހަނގަ ވެފައިވާތީ، އީދު މުނާސަބަތުތަކާއި ގުޅިގެން ކުލަޖެހުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމަކީ މަނާ ކަމެއްގެ ގޮތަށް ކަޑަ އެޅުމަށް ކައުންސިލް އިއްތިފާގުން ފާސް ކޮއްފައިވާ ނިއްމުމަށް ރަށުގެ ކުދި ބޮޑު އެއްމެން މިދިޔައަހަރުވެސް އެއްބާރުލުންދެއްވި ގޮތަށް މިއަހަރުވެސް އެއްބާލުންދެއްވުން އެދިފައިވެ އެވެ.

ކައުންސިލުން އަންގާ މިފަދަ އެއްގުންތަކަށް ރައްޔިތުންދެއްވާ ފުރިހަމަ އެއްބާރުލުމަށް ކައުންސިލް ނަމުގަ ރައްޔިތުންނަށް ހައްޤު ޝުކުރު ދަންނަވާ ކަމަށް އެ އިޢުލާން ގައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.