11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފިއެވެފިއެވެ. ދެކުނު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ރިޕޯޓެއް މި މަހުގެ 12 ވަނަ ދުވަހު ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފައި ވެއެވެ.

އަދި އެކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ފަރާތެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލައިގައި މިމަހުގެ 13 ވަނަ ދުވަހު 33 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 30 ދުވަސް ދީފައިވާ ކަމަށްވެސް ބުންޏެވެ.

އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ކުއްޖާ ގެ ދޮންބައްޕަ ހައްޔަރުކޮށްފައިވާ އިރު،މި ދިޔަ ހޮނިހިރު ދުވަހުގެ ރޭ 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެކުއްޖާގެ ބޭބެ ވަނީ ރޭ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 63 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.