ސަަދަން ސްޕޯރޓްސް އިން އީދުގެ މުނާސަބަތުގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އަންހެން ވޮލީ މުބާތުގެ ލީގު ސްޓްޖުގައި ކުޅޭނެ މުހިއްމު މެޗެއް މިރޭ ފެނިގެންދާނެއެވެ. ފައިނަލްގެ އެއްވަނަ ޖާގަ ކަޝަވަރުވާ މި ފޯރިގަދަ ކުރިމަތިލުމުގައި ބައްދަލު ކުރާނީ މީދޫ ވޮލީ ޓީމާއި މަރަދޫފޭދޫ އަށް ނިސްބަތްވާ އައިލެންޑް ވޮއިސް އޮފް ޔޫތު (އައިވީ) އެވެ.
މި މެޗަކީ ދެ ޓީމްގެވެސް ދެވަނަ މެޗެވެ. އަދި ފުރަތަމަ މެޗުން ޕޮއިންޓްގެ ގޮތުންވެސް ތާވަލުގެ ކުރީގައި އޮތް ދެ ޓީމެވެ. ޓީމް އައިވީ އިން ވަނީ ފުރަތަމަ ކުޅުނު މެޗު 3-1 ކާމިޔާބުކޮށް 3 ޕޮއިންޓް ހޯދަފައެވެ. އަދި މީދޫ ވޮލީ ޓީމް އިން ވަނީ ފުރަތަމަ މެޗް 3-2 ސެޓުން ކާމިޔާބުކޮށް 2 ޕޮއިންޓް ހޯދަފައެވެ.

މީދޫ ވޮލީ ޓީމް ފައިނަލް ޖާގަ ކަޝަވަރު ކުރަން ބޭނުން ވާނަމަ ދެ ޓީމަށްވެސް މެޗު 3-0 ނުވަތަ 3-1 ސެޓުން މެޗު ކާމިޔާބު ކުރުން މުހިއްމެވެ. ފުރަތަމަ ކުޅުނީވެސް ފައިނަލް މެޗެއް ކަމަށް ބަލައިގެން. މިރޭ ކުޅޭ މެޗަކީވެސް ހަމަ ފައިނަލް މެޗެއް ކަމަށް ބަލައިން ކުޅޭނީ. މިޓީމް ގެ ކޯޗު ޝަފްނީޒްގެ އިރުޝާދުގެ ދަށުން އިރާދަކުރެއްވިޔާ މި މުބާރަތުގެ ޗެމްޕިއަންކަން ހޯދުން އުއްމީދަކީ. އަޅުގަނޑުމެން ޓީމް ހުރިހާ ކުޅުންތެރިންވެސް ކޯޗު ކެތްތެރިކަމާއިއެކު ދެއްވާ އިރުޝާދުތައް ބލައިގަނެ ޝުކުރުވެރިވޭ. އުއްމީދަކީ އަޅުގަނޑުގެ ކެޕްޓަންކަމުގެ ދަށުން އަދި ކޯޗުގެ އިރުޝާދާއެކީ މިމުބާރާތް ކާމިޔާބުކޮށް ޗެމްޕިއަންސްކަމުގެ ތަށި އުފުލާލުން. އަދި މި މުބާރާތުގައި މަރަދޫފޭދޫ ސަޕޯޓަރުންގެ ފަރާތުން ލިބޭ ސަޕޯޓަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް މިރޭގެ މެޗުގައިވެސް ހަމައެފަދައިން ސަޕޯޓް ކޮށްދިނުމަށް އެދެން." ފައިނަލް މެޗުގެ އެއްވަނަ ޖާގަ ކަޝަވަރު ކުރުމުގެ ފުރުސަތު ބޮޑު ޓީމް އައިވީ ގެ ކެޕްޓަން ހުވަދޫ މީޑިއަށް ކިޔައިދިނެވެ.

އައިލެންޑް ވޮއިސް އޮފް ޔޫތު (އައިވީ) ވޮލީގައި ކާމިޔާބު ތާރިހެއް އޮތް މީދޫ ވޮލީ ޓީމް އަކީ ކޮންމެ މެޗަކަށްވެސް 20 މިނެޓްގެ ފެރީ ދަތުރެއްކޮށް ކަނޑު ހުރަސްކޮށް މެޗް ކުޅެން އަންނަ ޓީމެކެވެ. މިރޭ އައިވީ ޓީމް ބައްދަލު ކުރާ މެޗް އާއި ގުޅޭ ގޮތުން ޓީމްގެ އެސިސްޓެންޓް ކޯޗު ޝާތިރު ހުވާދޫ މީޑިއާ އަށް ދެއްވި އިންޓަވިއުގައި ބުނެފައި ވަނީ “އުއްމީދަކީ 5 ސެޓަށް ނުގޮސް މެޗު ކާމިޔާބު ކުރުން ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓުކޮށް. ފުރަތަމަ މެޗުން ނުފެނުނު ކުޅުންތެރިން މިރޭގެ މެޗުގައި ބައިވެރިވާނެ. މިހާ ދުރުން ދަތުރުކޮށްފަ ދާތީވެ ސަޕޯޓަރުންނަށް ނާދެވުނަސް އިރާދަ ކުރެއްވިޔަ މި މެޗު ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ޔަގީން ކުރުން އުއްމީދަކީ. "
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.