އައްޑޫސިޓީގައި ފިޠުރު އީދުގެ މުނާސަބަތުގައި ކުރިއަށްދާ ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގެ ހަތަރުވަނަ މެޗު ކާމިޔާބުކޮށް ޓީމް އައިވީވައި އިން ފައިނަލްގެ ފުރަތަމަ ޖާގަ އާއި ގާތަށް ޖެހިލައިފި އެވެ. 

ރޭ ކުޅުނު މިމެޗު ޓީމް އައިވީވައި އިން ކާމިޔާބު ކުރީ 1-3 ސެޓުންނެވެ. މި ނަތީޖާ އާއި އެކު އެ ޓީމްގެ ޕޮއިންޓް ވަނީ 6 އަކަށް އިތުރުވެފައެވެ. ޓީމް އައިވީވައި އިން މި މެޗު ކާމިޔާބު ކުރީ މީދޫ ވޮލީ ޓީމާއި ކުޅެގެންނެވެ. މީ މީދޫ ވޮލީޓީމްގެ މި މުބާރާތުގެ ފުރަތަމަ ނާކާމިޔާބީ އެވެ.926307E4-CA39-46D0-9809-6EE7AA926F8E

ރޭގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އައިވީވައިގެ ޖާރޒީ ނަންބަރ 9، އައިޝަތު ޝީފްނާ އެވެ.

މިރޭ 08:30 ގައި ފޭދޫ ވޮލީ ކޯޓުގައި ކުޅޭ، މި މުބާރާތުގެ 5 ވަނަ މެޗުގައި  ބައްދަލު ކުރާނީ ޓީމް ޕުޝްޕާއާއި ޓީމް އައިވީ އެވެ.