1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަރެސްމާތޮޑާ ފަޅުން ވެލި ނަގާ މައްސަލަ: ސަރުކާރު މެމްބަރުން މައްސަލަ ބޭރުކޮށްލައިފި

58702ABB-250B-44FB-88D6-DDC8205714CD
ރައްޔިތުންގެ މަޖިލީސް
މުހައްމަދު އަޚްތަރު
295ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ފަރެސްމާތޮޑާ ފަޅުން ވެލި ނެގުން ހުއްޓުވަން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ޏ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ގދ. ފަރެސްމާތޮޑާ ފަޅުން ވެލި ނަގާތީ އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލާ ރައްޔތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ހުށަހެޅީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

https://twitter.com/hucensembe/status/1650594097592406016?s=46&t=YOMcM7x-FnT57_2QqFS_kQ

300 × 250

މެމްބަރު ވިދާޅުވީ މިއީ ދެ ރަށެއްގެ ދެމެދު ދިމާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށާއި، މިއީ އެ މަސައްކަތް ކުރުމަށް ހުއްދަ ދެމުންދާ އޮތޯރިޓީ ތަކުގެ މެދުގައި ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ.

މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ފަރެސްމާތޮޑާ ދެކުނު ފަރާތް ހިއްކުމަށްޓަކައި ފަސް ނެގުމަށް ސާވޭ ހިމެނިފައިވަނީ އެތެރެވަރީގެ ދެ ތިލައަކުން ކަމަށް ވީ ހިނދު، ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދު ކޮނެގެން ފުވައްމުލަކަށް ވެލި ގެންދިޔުމަކީ ވަރަށް ޒިންމާދުރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި ފަރެސްމާތޮޑާގެ އެއްވެސް ހިސާބެއް ކޮނެގެން ފުވައްމުލަކަށް ވެލި ގެންދިޔުމަށް އީޕީއޭއިން ހުއްދަ ދީފައި ނެތީސް، އެގޮތަށް ވެލި ގެންދިޔުމަކީ ގަވާއިދާ ޚިލާފަށް ކުރަމުންދާ ކަމެއް ކަމަށް ވެސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަންނަން ނެގި ވޯޓުގައި ހާޒިރު ވެ ތިއްބެވި 46 މެމްބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 12 މެމްބަރުންނެވެ. ނުފެންނަ ކަމަށް 32 މެމްބަރުން ވޯޓު ދެއްވާފައިވާތީ މައްސަލަ ބަލައިގަންނަން ފާސްވެފައެއް ނުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި