1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޖީއެސްސީ ގެ 3 އޮން 3 ދަނޑު- ނަމޫނާ ދައްކައި ތާރީޚުގައި "ގެމަނަފުށި" ފަވާލައިފި

B389ADA8-E305-400A-8BA2-45586C103E51
ޖީއެސްސީ ގެ  3 އޮން 3 ދަނޑު
މުހައްމަދު އަޚްތަރު
560ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަތޮޅު ރަށް ތަކުގައި ތަރައްޤީ ގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއް ބަޔަކީ އެރަށަކަށް ނިސްބަތްވާ ކްކަބް، ޖަމްޢިއްޔާ، ޖަމާއަތްތަކެވެ. އެއީ ޒަމާނުއްސުރެ އެކަން ހިގަމުން އަންނަ ގޮތެވެ. ރަށަށް ގެންނަ ޖަޒީރާ ވަންތަ އަދި ޒަމާނީ ތަރައްގީގައިވެސް އެންޖީއޯ ނުވަތަ މިދެންނެވި ކްލަބް ތަކުގެ ރޫޙު ވަރަށް ގަދައެވެ.

ހުވަދު އަތޮޅުގެ ގެމަނަފުށީ ފާހަގަ ވަނީ އެކުވެރިކަމާއި އެކު ރަށަށް ކުރި އެރުމާއި ތަރައްޤީ ހޯދައި ދިނުމުގައި ހުރިހާ ގޮތަކުން އަރުވާޖަހައި މަސައްކަތް ކުރާ ރައްޔިތުން ދިރިއުޅޭ ރަށެކެވެ. ދަނޑުވެރިކަމާއި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ މީހުންނާއި އެހެނިހެން ދާއިރާ ތަކާ ތަފާތު ވުމަށްނެތި ކްލަބް ޖަމިއްޔާތައްވެސް އެއް ވާނެއްގައި މަސައްކަތް ކުރާ ރަށެކެވެ. އަތޮޅުގެ އެހެން ރަށްތަކާ ވަރަށް ތަފާތު ކަމުގައިވެސް ދެންނެވި ދާނެއެވެ. 

ގެމަނަފުށީ ސްޕޯޓްސް ކުލަބު( ޖީއެސްސީ) ގެ ފަރާތުން އެ ރަށުގައި ތަރައްޤީ ކުރި 3 އޮން 3 ދަނޑު އެއީ އިސްވެ ދެންނެވި ފަދަ ކުޑަ މިސާލެކެވެ.ޖީއެސްސީ ގެ އަމިއްލަ ހަކަތަ އާއި ހޭދަ ނުވަތަ އެ ކްލަބް ގެ ޒުވާނުންގެހިތްވަރާއި ބުންވަރު ނެރެ ކުރި މަސައްކަތުން ގއ ގެމަނަފުށި އެ ވަނީ ދިވެހި ތާރީޚީ ގެ ތެރެއަށް ވައްދާ ރަން އަކުރުން ފަވާލާފައެވެ. ރާއްޖޭގެ ކުޅިވަރަށް އިތުރު ދިރުމެއް ގެނެސް, ރަށާ އަތޮޅުގެ ޒުވާން ޖީލު ހިނިތުން ކުރުވާފައެވެ.

300 × 250

 3 އޮން 3 ފުޓްބޯޅަ އަކީ ރާއްޖެއަށް އާ ކުޅިވަރެއް ނޫނެވެ. ދިވެހިން ނުއުޅޭ ގޭމެއް ނޫނެވެ. ނަމަވެސް އެކަމަށް ޚާއްސަ ގަނޑެއް ހަދާ, ދިވެހި ރާއްޖޭގެ ރަށެއްގައި އެ ކުޅިވަރު ކުޅޭ ތަން ފެނިގެން ދިޔަ މިއީ ފުރަތަމަ ފަހަރެވެ.

މިމަޝްރޫއާ ގުޅޭ ގޮތުން  ވާހަކަދައްކަމުން، ގެމަނަފުށީ ސްޕޯޓްސް ކްލަބުން ބުނީ، 3 އޮން 3 ފުޓްބޯޅަ ދަނޑެއް އެޅުމުގެ ޚިޔާލަކީ މީގެ ހަތް ވަރަކަށް އަހަރު ކުރިން، އެ ކްލަބުން އިންތިޒާމްކޮށްގެން ގެމަނަފުށީގައި ބޭއްވި ތިންވަނަ ފުޓްސަލް މުބާރާތުގެ ތެރެއިން އައި ޚިޔާލެއް ކަމަށާއި އެ ޚިޔާލާއެކު، މިމަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ސާމާނު 2019 ވަނަ އަހަރު ގެމަނަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް ބިން ހަމަނުޖެހުމާއި ދިމާވި އެކިއެކި ހުރަސްތަކާ ގުޅިގެން، މި މަސައްކަތް ނުކުރެވި ދިގު މުއްދަތެއް ހޭދަކުރަން ޖެހުނު ކަމަށް ޖީއެސްސީ އިން ފާހަގަ ކުރިއެވެ. މި މަސައްކަތް ކުރުމަށްޓަކައި ބިމެއް ހަމަޖެހުނީ  1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައި ކަން ފާހަގަ ކުރައްވާ އެ ކްލަބުން ބުނީ މިއީ މުޅި ގއ. އަތޮޅަށާއި އެރަށަށް ލިބުނު ވަރަށް ބޮޑު ފަޚުރެއްގެ ގޮތުގައި ގެމަނަފުށި ސްޕޯޓްސް ކްލަބުން ފާހަގަކުރެއެވެ.

 މިހިނގާ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ނިންމައި ދަނޑު ރަސްމީކޮށް ހުޅުވާފައިވަނީ އެ ރަށަށް ނިސްބަތްވާ ހަތް ޓީމު ބައިވެރިވި 3 އޮން 3 މުބާރާތަކުންނެވެ.

ގެމަނަފުށީ ސްޕޯޓްސް ކުލަބަކީ އެ ރަށުގެ ކުޅިވަރަށް އެ ގިނަ ޚިދުމަތްތަކެއް ކުރަމުން އަންނަ ކުލަބެކެވެ. އެ ކުލަބަކީ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް އިންތިޒާމްކޮށްގެން ހިންގަމުން އަންނަ ކުލަބެއް ވެސް މެއެވެ.

އެގޮތުން، ގެމަނުށީގެ ތާރީޚުގައި ވެސް ބޭއްވުނު ފުރަތަމަ ފުޓްސަލް މުބަރާތް ބާއްވާފައިވަނީ 2012 ވަނަ އަހަރު އެ ކުލަބުންނެވެ.

އެއަށްފަހު، 2014 ވަނަ އަހަރު ގެމަނަފުށީ ދާއިރާއަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވިއެވެ.

މީގެ އިތުރުން، ގެމަނަފުށީ ސްޕޯޓްސް ކުލަބުން އެރަށުގައި ފުޓްސަލް ކޯޗިން ކޭމްޕްތަކެއް ބާއްވައި ކުޑަކުދިންނަށް ހާއްސަ އެކަޑަމީއެއްގެ މަސައްކަތް ވެސް ފެށިއެވެ. ގެމަނަފުށީ ޒުވަނުންނަށް ޚާއްސަކޮށްގެން އެފްއޭއެމްއާއި، ރެފްރީޒް ޑިވޮލަޕްމެންޓް ކޯޕަރޭޓިވް ސޮސައިޓީއާއި ގެމަނަފުށީ ކައުންސިލް ގުޅިގެން ރެފްރީން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިޔައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި