1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަދަން ސްޕޯރޓްސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން އައިވީވައި އަށް

D3271C23-6F0B-4ECF-9956-4316B1172FE6
ޗެމްޕިއަން ޓީމް އައިވީވައި
ހުވަދޫ ނިއުސް ޓީމް
361ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސަދަން ސްޕޯރޓްސް ކްލަބް ގެ ފަރާތުން އައްޑޫ ސިޓީ ގައި ކުރިޔަށް ގެންދިޔަ އަންހެން ވޮލީ ބޯޅަ މުބާރަތުގެ ޗެމްޕިއަންކަން އައިވީވައި ހޯދައިފިއެވެ. 

މުބާރާތުގެ ހުރިހާ މެޗަކުން މޮޅުވެ ފައިނަލަށް ދަތުރުކުރި އައިވީވައި ޗެމްޕިއަންކަން ހޯދީ ޓީމް ވޯރިއަރސްއާއި ކުޅެގެންނެވެ.

ފަސް ސެޓަށް ކުޅުނު މެޗު އައިވީވައި އިން ކާމިޔާބު ކުރީ 2-3 ސެޓުންނެވެ. 

300 × 250
352C3DE9-48DD-40E6-8D63-6FCA76ECA159

ފައިނަލް މެޗު ގެ ކުޅުމުގެ ތެރެއިން

ހުކުރު ދުވަހުގެ ރޭގަނޑު ކުޅުނު މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އައިވީވައިގެ ޖާރޒީ ނަންބަރ 17، ހައްވާ އާސިމާ އެވެ. މުޅި މުބާރަތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް ޓީމް އައިވީވައިގެ ޖާރޒީ ނަންބަރ 17، ހައްވާ އާސިމާ އެވެ.

މެޗު ނިންމާފައި މެޗުން ވަނަތައް ހާސިލު ކުރެވުނު ފަރާތްތަކަށް ޓްރޮފީ އާއި ސެޓިފިކެޓް ހަވާލު ކުރެވުނެވެ.

އެ ގޮތުން މުބާރާތުގެ އެންމެ ގަދަ 6 ކުޅުންތެރިންނަށް ހޮވިފައިވަނީ؛

އައިޝަތު ޝީނާ (ޓީމް ވާރިއަރސްގެ ޖާރސީ ނަންބަރ 6) ފާޠިމަތު ރިޝްމާ (ޓީމް ވާރިއަރސްގެ ޖާރސީ ނަންބަރ 17) ހައްވާ އާސިމާ (ޓީމް އައިވީވައިގެ ޖާރސީ ނަންބަރ 17)

300 × 250

އައިޝަތު ތައުމާ (ޓީމް އައިވީވައިގެ ޖާރސީ ނަންބަރ 5)

އައިޝަތު ޝިފްނާ (ޓީމް އައިވީވައިގެ ޖާރސީ ނަންބަރ 9)

އައިމިނަތު ނަވާއިމް (މީދޫ ވޮލީ ޓީމްގެ ޖާރސީ ނަންބަރ 10)

މުބާރާތުގެ އެންމެ ކާމިޔާބު ކޯޗަކަށް ހޮވިފައިވަނީ ޓީމް އައިވީވައިގެ ކޯޗް ޝަފްނީޒް އަލީ އެވެ.

0B2155CD-4580-43E7-951F-635B2D0B0323

މުބާރާތުގެ އެންމެ ގަދަ 6 ކުޅުންތެރިން

300 × 250

މީގެ އިތުރުން މުބާރާތުގެ ފެއަރ ޕްލޭ ޓީމްއަކަށް ހޮވިފައިވަނީ ޓީމް ޕުޝްޕާއެވެ.

ޒުވާނުންތަކެއްގެ ހަރަކާތަކާއެކު ފެށިގެން ދިޔަ މުބާރަތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރ ޚާލިދާ މުހައްމަދު، ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރ މުހައްމަދު ފައިސަލުގެ އިތުރުން އިކުއެޓޯރިއަލް ޑައިވާރސް ލޮޖްގެ ވެރިޔާ އިބްރާހިމް ރަޝީދުއެވެ.

މީގެ އިތުރުން ސަދަން ސްޕޯރޓްސް ކްލަބުން ވަނީ މުބާރަތް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވި މެމްބަރުންނަށް ކުލަބުގެ ފަރާތުން ހަނދާނީ ލިޔުން ދެއްވާފައެވެ. މި ލިޔުންތައް ހަވާލު ކޮށްދެއްވީ ކުލަބުގެ މުއައަށްސިސު ފާތިމަތު ތައުފީޤް އެވެ.

2022 ވަނަ އަހަރު އައްޑޫ އުފެދިގެން އައި މިކުލަބުން އަލަށް އިންތިޒާމްކޮށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އިކުއެޓީރިއަލް ޑައިވާރސް ލޮޖް އެވެ. ކޯ ސްޕޮންސަރުންނަކީ، މާލެ ސިޓީ މޭޔަރ ޑރ މުއިއްޒު، ގޭން ކޮމިއުނިޓީ ސެންޓަރ، އައްޑޫ ސިޓީ ކައުންސިލް، އެލިއާ އިންވެސްޓްމެންޓްސް، ހެޕީ މާރކެޓް، ސިޓީ އިންވެސްޓްމެންޓްސް، ފައިސް މާރޓް، ހައިޑްރޯކްލީން، ލިއޯ ޓްރޭޑިންގ، ކޮންޓްރޯލް ޕީ، ސިޓީ ފިއުލް ސަޕްލައި، ލިޓަސް އަދި ޓީލޮޖް އެވެ.

މުބާރަތުގެ މީޑިއާ ޕާރޓުނަރުންނަކީ ހުވަދޫ މީޑިއާ އާއި ވޮއިސް އެމްވީ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި