ރާއްޖޭގައި އެންމެ ފަހުން ހުޅުވި އެއަރޕޯޓް ކަމަށްވާ ފަރެސްމާތޮޑާ އެއާޕޯޓަށް ޖެއްސި ފުރަތަމަ ޗާޓަރ ފްލައިޓް އަޔާޑާ މޯލްޑިވްސް އިން ބާއްވައިފިއެވެ.
އިއްޔެ މެންދުރު 12:35 ގައި ފަރެސްމާތޮޑާ އެއަރޕޯޓް (FMT) ah ޖެއްސި މި ފްލައިޓުން ދަތުރު ކުރި އެންމެހައި ފަތުރުވެރިންނަށް އެ އެއަރޕޯޓް އިން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް އަށް އިއްޔެ ޖެއްސި ޗާޓަރ ފްލައިޓުން 48 ފަތުރުވެރިން ދަތުރު ކުރިއެވެ. އަދި އެ ހުރިހާ ފަރާތަކަށް ކިޔާފައިވަނީ ވީއައިޕީ މަރުހަބާ އެކެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ގައި ކުރިޔަށް ދިޔަ މި ހަރަކާތްތައް ކަވަރ ކުރި ފޮޓޯ ޖަރނަލިސްޓް މަރިޔަމް ޝަޒްލާ ، ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އިއްޔެ ފަރެސްމާތޮޑާ އެއަރޕޯޓުން ފެނިގެން ދިޔައީ ވަރަށް އުފާވެރި މަންޒަރެއް ކަމަށާއި އެއާޕޯޓުން ވަނީ އެ ވަގުތަށް ވަރަށް ބޮޑަށް ތައްޔާރު ވެފައި ކަމަށެވެ. އަދި މަރުހަބާ ކިޔުމަށް އެންމެ ދިވެހި ވަންތަ ކެއުން ބުއިންތަކާ ސަޤާފީ ހުށަހެޅުން ވަރަށް ފުރިހަމަ ކަމަށާއި ހުރިހާ ފަތުރުވެރިންގެ މޫނުމަތިން ވެސް ފެނުނީ ޙައިރާން ވަހާ އުފާވެރިކަން ކަމުގައި ފޮޓޯގްރާފަރ ޝަޒޫ ފާހަގަ ކުރިއެވެ.
ހުވަދު އަތޮޅުގައި އަޔާޑާ މޯލްޑިވްސް އިން ހިންގާ ރިސޯޓް އޮންނަނީ ފަރެސްމާތޮޑާ އެއަރޕޯޓާއި 11 މޭލު ދުރުގައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވާފައި ވަނީ ނިމި ދިޔަ މެޗްގެ 16 ވަނަ ދުވަހު އެވެ. އަދި ފުރަތަމަ ޓެސްޓު ފްލައިޓް ޖެއްސީ އެ މަހުގެ 13 ވަނަ ދުވަހު އެވެ.
ގދ ފަރެސްމާތޮޑާ އާއި ގުޅާލެވިފައިވާ މި އެއަރޕޯޓަކީ އަތޮޅު ރަށް ތަކުގައި ތަރައްޤީ ކޮއްފައިވާ އެއަރޕޯޓް ތަކުގެ ތެރެއިން އެންމެ ހިތްގައިމު ފަރުމާއަކަށް ތައްޔާރު ކޮއްފައިވާ ގިމަތަ ހުރި އެއަރޕޯޓެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.