އެއްވަރެއްގައި އަގު ހިފެހެއްޓިފައި އޮންނަތާ 8 މަސް ފަހުން ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި އެވެ.
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 15.14ރ. ކަމަށާއި ޑީސަލް ލީޓަރެއް ވިއްކާނީ 15.70ރ. ކަމަށެވެ.
އެ ޝެޑް ތަކުން ކުރިން ޕެޓްރޯލް ލީޓަރެއްވިއްކީ 15.97ރ. އަށެވެ. ޑީސަލް ލީޓަރެއް 16.32ރ. އަށެވެ.
އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ.
ދުނިޔޭގެ ބާޒާރުގައި ގިނަ ދުވަސްތަކެއް ވަންދެއް ތެލުގެ ފާއިތުވި ދުވަސްތަކުގައި ދަށަށް ދިޔަ ނަމަވެސް އެސްޓީއޯއިން ތެލުގެ އަގު ހެޔޮކޮށްފައިނުވެއެވެ.
https://twitter.com/stoplc/status/1652750031202705408?s=46&t=YOMcM7x-FnT57_2QqFS_kQ
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން ތެލުގެ އަގަށް ބަދަލު އަޔަސް އެފްއެސްއެމް ޝެޑް ތައް ނެތް ރަށްރަށުން މި އަގު ތަކާ ގުޅިގެން މާ ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.