1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވިނަވި ޤުރްއާން މުބާރާތުގެ ޚަޒާނާ ތަރި ޚަދީޖާ ނިހާ ނިހާމް

photo1683009488
ވިނަވި ޤުރްއާން މުބާރާތުގެ ޚަޒާނާ ތަރި ޚަދީޖާ ނިހާ ނިހާމް
ހުވަދޫ ނިއުސް ޓީމް
592ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވިނަވި 4 ވަނަ އަހަރީ ޤުރްއާން މުބާރާތް 2023 ގެ ޚަޒާނާ ތަރި އަކަށް ޚަދީޖާ ނިހާ ނިހާމް ހޮވިއްޖެއެވެ. އޭނާ މި ވަނަ ޙާސިލް ކުރީ ފާއިތުވި އެއް އަހަރު ތެރޭގައި 27 ފޮތް ޚަތިމްކޮށްގެންއެވެ.

މި މުބާރާތުގައި ޚަޒާނާ ޕްރޮގްރާމް (ޚަތިމްކުރުމުގެ ޕްރޮގްރާމް)ގައި ބައިވެރިވެ ގަދަ 5 ގައި ހިމެނުން 5 ދަރިވަރުންނަކީ:
1. ޚަދީޖާ ނިހާ ނިހާމް - ގާޑަން / ގދ.ރަތަފަންދޫ – 27 ޚަތިމް
2. އަޙްމަދު އަބްސަލް އާދަމް - ފީލިންގްވިލާ / ގދ.ތިނަދޫ – 20 ޚަތިމް
3. ސައުދާ ބިންތި ނިޔާޒު - ވީނަސް / ގދ. ރަތަފަންދޫ – 8 ޚަތިމް
4. ޢާއިޝަތު އިންޝާ ބިންތި ޙުސައިން - ފީލިންގްވިލާ / ގދ.ތިނަދޫ – 5 ޚަތިމް
5. މުޙައްމަދު ކިޔާން މުރުތަޟާ - ރޯޒީތޯން / ސ.ހިތަދޫ – 4 ޚަތިމް

photo1683009488ވިނަވި ޤުރްއާން މުބާރާތުގެ 2 ގޮފިން 1,2,3ވަނަ

300 × 250

މުޅި މުބާރާތުން - ބަލައިގެން ގޮފިން 1 ވަނަ ޙާސިލް ކުރީ ފީލިންގްވިލާ / ގދ.ތިނަދޫ އަޙްމަދު އަބްސަލް އާދަމް އަދި އެ ގޭ ޢާއިޝަތު އިންޝާ ބިންތި ޙުސައިން އެވެ. 2 ވަނަ އަށް ދިޔައީ ބުލްބުލާގެ / ގދ.ތިނަދޫ ފާޠިމަތު ރީޢަތު ފަހުމީ އެވެ. 3ވަނަ އަށް ދިޔައީ އެނިފް / ލ. ހިތަދޫމަރްޔަމް މަނާލް މުޙައްމަދު އަދި އޯޝަންވިއު / ގދ.ތިނަދޫ މިނަތު ލާރާ ޝަމްޢޫން އާމީން އެވެ.

photo1683009488
ވިނަވި 4 ވަނަ އަހަރީ ޤުރްއާން މުބާރާތް 2023 ގެ ނަތީޖާ ފާޅު ކުރުމާއި އިނާމު ދިނުން ބާއްވާ ފައި ވަނީ މި ދިޔަ އާދީއްތަ ދުވަހު ހަވީރު ތިނަދޫ ޔުނިކް ސޯޝަލް ސެންޓަރު ގެ ހޯލުގައެވެ. މުބާރާތުގެ ބައިވެރިންއާއި ބެލެނިވެރިން އަދި ބައެއް އާންމުން ހާޒިރުވި އެ ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބް އެވެ. އަދި މި ރަސްމިއްޔާތުގައި ވިނަވި ޤުރުއާން ކްލާހުގެ މަސްއޫލުވެރިޔާ ސައުދުﷲ ހިލްމީ ގެ އިތުރުން ތިނަދޫ ގެ ބައެއް މުޢައްސަސާ ތަކުގެ ވެރިންނާއި ރަށުގެ އިއްޒަތްތެރިން ބައިވެރިވިއެވެ.

ވިނަވިން ތިނަދޫ ގައި މި އަހަރު ބޭއްވި މުބާރާތުގައި އުމުރުން 16 އަހަރުން ފެށިގެން 4 އަހަރު ގެ އެކި އުމުރުފުރާތަކުގެ ކުދިން ވަދާކޮށްފައިވެއެވެ. މި މުބާރާތުގައި ނުބަލައި ޖުމްލަ ހަތް އުމުރު ފުރާއިން އަދި ބަލައިގެން ހަ އުމުރު ފުރާއިން ޖުމްލަ 92 ބައިވެރިން ވާދަކޮށްފައިވެއެވެ. މުބާރަތް އިންސާފްކޮށްދެއްވާފައިވަނީ ސިރާޖް ހުސެއިން މަނިކް ހަޒްމާ ރަޝީދު އަދި ރާމިޒް އަބޫބަކުރު އެވެ.

photo1683009488

ވިނަވި 4 ވަނަ އަހަރީ ޤުރްއާން މުބާރާތް 2023 - މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން 1 ވަނަ ވަނަ ޙާސިލްކުރީ ލަކީހޯމް / ގއ.ދާންދޫ ފާޠިމަތު ނީމް ޝިފާޒްއެވެ. 2 ވަނަ އަށް ހުއިޒުންގެ /ގދ.ތިނަދޫ ޙައްވާ ބީނިޝް ފަރީޝް ހޮވައިފައި ވާއިރު3 ވަނަ އަށް ދިޔައީ އާފަތިސް /ގދ.ތިނަދޫ އަޙްފާ އަފްރާދު ޝަމީމް އެވެ.

ގދ ތިނަދޫ ގައި ހިނގާ ވިނަވި ޤުރްއާން ކްލާސް އިން ގެންދާ ޚަތިމް ޚަޒާނާ ޕޮރްގްރާމަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރްއާނަށް ލޯބި ޖެއްސުމަށްޓަކައި ކުރިއަށް ގެންދާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ގެ މަޤްޞަދަކީ ވިނަވި ދަރިވަރުންނަކީ އަބަދު ވެސް ޚަތިމް ކުރުމުގައި ދެމިތިބޭ ކުދިން ކަމުގައި ހެދުމެވެ. މި ޕޮރްގްރާމްގެ ދަށުން ކޮންމެ އަހަރަ ކުވެސް ދަރިވަރުން ޚަތިމް ކުރެވުނު އަދަދު ބެލިގެން ދާނެ ކަމުގައި ވިނަވި އިން ކްލާހުން މައުލޫމާތު ދެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި