ގއ. އަތޮޅު ތަޢުލީމީ މަރުކަޒުން 2022 ވަނަ އަހަރު އޭލެވެލް ހެދި އަހްމަދު މައޫޝް ސަބްރީ އޭލެވެލްގެ ތިން މާއްދާއިން ދުނިޔޭގެ ގަދަ ފަހެއްގައި ހިމެނިއްޖެއެވެ.
ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން އޭލެވެލްއިން އެއްވަނަ ހޯދި މި ދަރިވަރު ވަނީ ބިޒްނަސްއިން ދުނިޔެއިން ތިންވަނަ، އެކައުންޓިންގ އިން ދުނިޔެއިން ހަތަރުވަނަ،އަދި އިކޮނޮމިކްސްއިން ދުނިޔެއިން ފަސް ވަނަ ހޯދާފައެވެ. ހަމަ އެހެންމެ އޭނާ ވަނީ އިކޮނޮމިކްސްއިން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައިވެއެވެ. މިއީ މިހާތަނަށް އަތޮޅުތެރޭގެ ސްކޫލެއްގެ ދަރިވަރަކު އޭ ލެވެލް ގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.
ރައީސްގެ ސްކޮލަރޝިޕާއެކު އިނގިރޭސި ވިލާތުން ޗާޓަރޑް އެކައުންޓެންޓަކަށް ވުމަށް ބޭނުންވާ މައޫޝް ހޯދި ކާމިޔާބީއަށް މަރުޙަބާ ކިޔައި ގއ. އޭއީސީން އިން ބުނީ މައޫޝް ވަނީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ތައުލީމީ ކާމިޔާބީތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ މަތީ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރުންގެ ތެރެއިން ޖާގަ ހޯދާފަ އެވެ. އޭނާގެ ބުރަ މަސައްކަތާއި، އިޚްލާޞްތެރިކަމާއި، ފަޚުރުވެރިވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.