1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ލެޕަރޮސްކޯޕިކް ސާޖަރީގެ ޚިދުމަތް ފަށައިފި

0D498D4F-A66F-431E-BE68-0A56FD9DF54A
މިއަދު ހެދުނު ލެޕްރޮސްކޯޕިކް ސާޖަރީ ކުރަން ފެށި ޑޮކްޓަރުންގެ ޓީމް ސާޖަރީ ފެށުމުގެ ކުރިން ފޮޓޯ އަކަށް ހުއްޓިގެން
މުހައްމަދު އަޚްތަރު
664ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދ ތިނަދޫ ގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު (އޭއެސްއެމްއެޗް)ގައި ލެޕަރޮސްކޮޕިކް ސާޖަރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ އަލަށް ފެށި ޚިދުމަތަކީ ވެސް އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ގާއިމްކޮށް ދޭ ޚިދުމަތްތަކެއް ކަަމަށެވެ.

އެގޮތުން ލެޕަރޮސްކޮޕިކް ސާޖަރީގެ ޚިދުމަތާއެކު އަލަށް އެ ހޮސްޕިޓަލުގައި ފެށި އިތުރު ޚިދުމަތަކީ ފަސޭހަ ނުވެ، ދިގު މުއްދަތަކަށް ހުންނަ ފާރުގަނޑުތައް ފަސޭހަކުރުމަށް އެޑްވާންސްޑް ވޫންޑް ކެއާ ކްލިނިކެކެވެ

300 × 250

ލަޕަރޮސްކޮޕިކް ސާޖަރީ އަކީ ބަނޑު ކަފާލުމުގެ ބަދަލުގައި ބަނޑުގައި ކުދި ލޯވަޅުތަކެއް އަޅައިގެން ކުރާ ސާޖަރީ އެކެވެ. ކެމަރާއާއި ކުދިކުދި ތަފާތު އާލާތްތަކެއް ބޭނުންކޮށްގެން ހަދާ މިފަދަ ސާޖަރީތަކާ ގުޅިގެން ބަލިމީހާ އުފުލަންޖެހޭ ވޭން ކުޑަވެ ފަސޭހަވުން އަވަސްވެ އެވެެ.

https://twitter.com/drasmhospital/status/1653647241419304960?s=20

ޖަރުމަނު ބްރޭންޑެއްކަމަށްވާ އެމްނޮޓެކްސްގެ ލެޕްރޮސްކޮޕިކް މެޝިނާއި އިންސްޓްރުމަންޓުތައް އެ ހޮސްޕިޓަލަށް ލިބުނީ މާޗު މަހުގެ ތެރޭގައެވެ. 

އަދި އެ ހޮސްޕިޓަލުގައި ކުރާ އެންމެ ފުރަތަމަ ލެޕްރޮސްކޮޕިކް ސާޖަރީ ކުރަނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި