ރޯ ބިހާ އެހެނިހެން ކާއެއްޗެހި އެއްކޮތަޅަށް އެޅުން ރަނގަޅެއް ނޫން ކަމަށް ޑރ މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ޑޮކްޓަރު ވިދާޅުވީ ރަނގަޅު ކޮށްލަންވެގެން ބިހުގެ ބޭރު ޑިޓަރޖެންޑެއްލައިގެން ދޮވުނަސް ކަމަކު ނުދާކަމަށާއި އެގޮތަށް ހެދުމުން ބިހުގެ ތޮށިގަނޑުގައި ހުންނަ ކުދިކުދި ވިދުތައް ބޮޑަށް ހުޅުވި، ބޭރުގަ ހުންނަ ޖަރާސީމް ބިހުގެ އެތެރެއަށް ވަނުމަށް މަގުފަހިވާކަމަށެވެ. ޑރ. މުޙައްމަދު ޢަލީ ވިދާޅުވީ ބައެއްފަހަރަށް ރޯބިހުގެ ބޭރުގައި ހުންނަ ޖަރާސީމު، އެހެނިހެން ކާއެއްޗެއްސަށް އަރާ، ބޭރަށް ހިންގާ ރޯގާ ޖެހުމުގެ ފުރުސަތު އިތުރުވާކަމަށެވެ.

https://twitter.com/Moxamedalu/status/1653070767993819139?s=20

ޑރ މުޙައްމަދު ޢަލީގެ ނަޞޭޙަތާކީ "ބިސް ގަންނައިރު ބިހުގެ ބޭރު ރީތި ބިސް ގަތުން އެންމެ ރަނގަޅީ,ރޯ ބިހާ އެހެނިހެން ކާއެއްޗެހި އެއްކޮތަޅަށް އެޅުން ރަނގަޅެއް ނޫން " ކޮތަޅު ޓެކްސް ނަގަންފެށުމާއެކު ކޮތަޅު އިޤްތިޞާދު ކުރަން އާއްމު ރައްޔިތުން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި ޑރ. މުޙައްމަދު ޢަލީ ގެ މި އިރުޝާދަށް އަމަލު ކުރުމަކީ ބުއްދިވެރި ކަމެކެވެ.