އިނގިރޭސި ރަސްގެފާނު ކިންގް ޗާލްސް 3 ވަނަ، ރަސްކަމުގެ ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގައި ދިވެހި ސިފައިން ބައިވެރިވެއްޖެއެވެ.
ރަސްގެފާނު ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގެ ހާއްސަ ޕެރޭޑުގައި ދިވެހި ސިފައިންގެ ދިހަ އޮފިސަރުން ބައިވެރިވި އެވެ.
މިއީ މިފަދަ ރަސްމިއްޔާތެއްގައި ދިވެހި ސިފައިން ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ޕެރޭޑުގައި ދިވެހި ސިފައިން ބައިވެރިވީ ކޮމަންވެލްތު މެންބަރު ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ތަމްސީލުކުރުމަށެވެ. ރާއްޖެ ހިމެނޭ ގޮތަށް ކޮމަންވެލްތު ގައުމުތަކުގެ 400 އެއްހާ ސިފައިން ރަސްމީ ޕެރޭޑުގައި ބައިވެރިވިއެވެ. ކިންގް ޗާލްސް އަކީ ކޮމަންވެލްތުގެވެސް އެންމެ އިސްވެރިޔާއެވެ.
https://twitter.com/MNDF_Official/status/1654787521262546946?s=20
ކިންގް ޗާލްސް ތަހުތަށް ވެޑުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްގެފާނު ޗާލްސް އަދި ރާނީ ކެމީލާ އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން، ރަސްކަމުގެ ތަހުތުގައި ވެޑުވުމުގެ ރަސްމީ އިހުތިފާލު ބޭއްވެވި ލަންޑަންގެ ވެސްޓްމިންސްޓާ އެބީއަށް ވަޑައިގެންނެވީ ޑައިމަންޑްޖުބިލީ ސްޓޭޓް ކޯޗްގައި ރަސްމީ އިއްޒަތުގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.