ހިރިޔާ ސްކޫލުގެ ވޭތުވެދިޔަ ތައުލީމީ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ޢާއިޝަތު މިސްކް ބިންތި ޢަބްދުﷲ ހަސީން ހޯދައިފިއެވެ. މިދިޔަ އަހަރު ހިރިޔާ ސްކޫލުގެ ވައިސް ކެޕްޓަން ކަން ވެސް ކޮށްފައިވާ މިސްކް އަށް, ހިރިޔާ ސްކޫލްގެ އެންމެ ފުރަތަމަ ޕްރިންސިޕަލް މަރުހޫމް އަލީ ނާޒިމްގެ ހަނދާނުގައި ދޭ ހާއްސަ އެވޯޑް ވަނީ ދީފައެވެ.

ހިރިޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުން ހޮވާފައިވަނީ އެކަމަށްޓަކައި ރޭ ބޭއްވި އެ ސްކޫލްގެ 2022 ވަނަ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާގައެވެ. ހިރިޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ދޭ އެވޯޑް ހަވާލުކޮށްދެއްވީ، އެ ސްކޫލުގެ މިހާރުގެ ޕްރިންސިޕަލް ރިންޒީ އިބްރާހިމް ވަހީދެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި އިތުރު އިނާމްތަކާއި ހަނދާނީލިޔުން ދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުލްރަޙީމެވެ.

photo1683443270

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޢާއިޝަތު މިސްކް ބިންތި ޢަބްދުﷲ ހަސީން ވަނީ އޭނާ ގެ ކާމިޔާބީގެ ފަހަތުގައި މަންމަ ޒިފްލީން ހަސަން ގެ ބުރަ މަސައްކަތާ މުދައްރިސުން ދެއްވި ތަޢުލީމާ އިރުޝާދު ވާކަން ފާހަގަ ކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. ހިރިޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ގދ ތިނަދޫ އަށް ނިސްބަތްވާ އައިޝަތު މިސްކް ބިންތި ޢަބްދުﷲ ހަސީން ހޮވިގެން ދިޔުމަކީ ތިނަދޫ އިތުރު ޝަރަފެކެވެ.
1،300 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ޙާސިލް ކުރަމުންދާ ހިރިޔާ ސްކޫލަކީ ސެކަންޑަރީ ތައުލީމް ދިނުމުގެ މަޤްސަދުގައި ސަރުކާރުން 2009 ވަނަ އަހަރު ސަރުކާރުން މާލޭގައި ހުޅުވި ސްކޫލެކެވެ.