ހުވަދުއަތޮޅު ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ އެވެ.

އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައެވެ.

އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިއަދު ހެނދުނު 9 ހާއިރުއެވެ.

އެރަށު ކައުންސިލުން ވަނީ އެ ރަށުގައި ކުޑަ ކުއްޖަކު ދަންޖެހި ފައި ހުއްޓާ މިއަދު ހެނދުނު ފެނިފައިވާ ކަން ހުވަދޫ އަށް ކަށަވަރު ކޮށްދީފައެއެވެ. ނަމަވެސް މި ކަމާ ގުޅޭ އިތުރު ތަފްސީލު ހާމަ ކޮއްފައި ނުވެއެވެ. 

ދަންޖެހިފައި ހުއްޓާ ފެނުން ކުއްޖާ ގެ ހަށިގަނޑު މިހާރު އޮތީ ރަށުގެ ސިއްހީ މަރުކަޒުގައެވެ.