"ޙިފްޒް ރަންތާޖު"ގެ ނަމުގައި ހއ އަތޮޅު ތައުލީމީ މަރުކަޒުން ޤުރުއާން ހިތުދަސް ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ހއ.ދިއްދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުން އިފުތިތާހުކުރި މި ޕްރޮގްރާމަކީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. . ޙިފްޡް ރަންތާޖް ޕްރޮގްރާމަކީ 2 އަހަރު ދުވަހުގެ ތެރޭގައި ، މުޅި ޤުރްއާންގެ 30 ފޮތް ހިތުދަސްކުރާ ގޮތަށް ، ރޭވިފައިވާ ޕްރޮގްރާމެކެވެ. ކޮންމެ ގްރޭޑެއްގެ ދަރިވަރުން ވެސް ދަސްކުރަން ޖެހޭނީ އެ ގްރޭޑަކަށް ކަނޑައަޅާފައިވާ މުގައްރަރެކެވެ.

344547191_249296654251101_44235995286301147_n

ޕްރޮގްރާމް ގެ "މައިގަނޑު މަގުސަދަކީ ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި ޤުރުއާނަށް އަހުލުވެރިކުރުވުމާއި ކުރިއަށް އޮތް ތަނުގައި ރަށުގައި ތަރާވީހް ނަމާދު ފަދަ ނަމާދުތައް ކުރުމަށް ކުދިން ތަމްރީނުކުރުން ކަމުގައި އެ ސްކޫލުން ބުނެއެވެ. 1007 ދަރިވަރުން ތައުލީމު ހއ އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ ބުރާސްފަތި ދުވަހު އިފްތިތާޙް ކުރި "ޙިފްޒް ރަންތާޖު" ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް މާދަމާއިން ފެށިގެން ނަން ނޯޓު ކުރުން ވަނީ ހުޅުވާލާފައެވެ.