1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކޮލަމާފުށީ ޑަބްލިޔު ޑީ ސީ އިން ސްކޫލް ކުދިންނާ އާންމުންނަށް ފަހަން ދަސްކޮށްދެނީ

photo1683696208
މުހައްމަދު އަޚްތަރު
733ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގއ ކޮލަމާފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމު ކޮށްގެން އެ ރަށުގެ އަންހެނުންނާއި، އެ ރަށު ސްކޫލުގެ ގްރޭޑް 5 ން މަތީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފަހަން ދަސްކޮށްދޭ ކޯސް ތަކެއް ފަށައިފި އެވެ.

1 މަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ އެ ކޯސްތަކުގައި އަންހެނުންގެ ތެރެއިން 45 ބައިވެރިއަކާއި، ސްކޫލް ދަރިވަރުންގެ ތެރެއިން ގްރޭޑް 5 ން މަތީގެ ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. ކޮލަމާފުށީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދާ އެ ކޯސްތަކުގެ ތެރެއިން ސްކޫލް ދަރިވަރުންނަށާއި އަންހެނުންގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ކޯސް ހިންގަނީ މުޅިން ހިލޭ ކަމަށާއި، ހުރިހާ ވައްތަރެއްގެ ފެހުމެއް ވެސް ކޯހުން ދަސްކޮށް ދެވޭނެ ކަމަށް މި ނޫހަށް މަޢުލޫމާތު ދެއްވަމުން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ފާޠިމަތު ނާސިރު ވިދާޅުވިއެވެ.

photo1683696208 (1)

300 × 250

"އެމީހަކު ހުރި ފެންވަރަކުން ކުރިއަށް ދެވޭނެ. އެމީހަކު ފަހަން ބޭނުންވާ ވައްތަރެއް ދަސްކޮށް ދެވޭނެ. ކޮންމެ ޖިންސެއްގެ އެއްޗެއް ވެސް ފަހަން ދަސްކޮށް ދެވޭނެ. އަދި ފަހާފޮށްޓަށް ޖެހޭ މައްސަލަތައް ވެސް މި ކޯސްތަކުން ދަސްކޮށް ދެވޭނެ" އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ފާޠިމަތު ނާސިރު ވިދާޅުވިއެވެ.

photo1683696208 (2)

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސް ފާޠިމަތު ނާސިރު ވިދާޅުވީ ކޮލަމާފުށީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އަންހެނުންގެ ކުރިއެރުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ކަމަށާއި، އެގޮތުން ކަސަބުން ތަކެތި ހަދަން ދަސްކޮށްދޭ ކޯހެއް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށާއި، އަންހެނުން ބާރުވެރި ކުރުވުމުގެ މަސައްކަތްތަކާއި، އަދި ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް އަންހެނުން ހެދުމުގެ ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި