ގުޅިފައިވާ ޕާޓީތަކުން ބަންޑާރަނާއިބު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕްގެ ފަރާތުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދޫކޮއްލި މައްސަލައާއި ގުޅިގެން އެޓާރނީ ޖެނެރަލް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލީހަށް ހުށަހަޅަފައިވަނެ ކަމަށެވެ. https://twitter.com/progresspartymv/status/1656596765465001984?s=46&t=YOMcM7x-FnT57_2QqFS_kQ
މަޖްލީހަށް ހުށަހަޅާފައިވާ ލިޔުމުގައި ވާގޮތުން ދައުލަތުގެ ބަންޑާރަނާއިބުގެ ދުސްތޫރީ ވާޖިބަކީ ސަރުކާރު ހިމާޔަތްކުރުމުގެ ބަދަލުގައި ދިވެހި ދައުލަތުގެ މަސްލަހައްތުތައް ހިމާޔަތްކުރުން ކަމުގައިވާއިރު، ދިވެހި ދައުލަތުގެ ބަންޑާރަނާއިބުގެ މަޤާމުގައި ހުންނަވައިގެން، އެކަމުން ދިވެހިރާއްޖޭއަށާއި ދިވެހި ދައުލަތައް އަދި ދިވެހި ރައްޔަތުންނަށް ވާނެ ގެއްލުމަކުން ސަލާމަތްކުރުމަށް، އޭޖީ ރިފްޢަތު އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށް ވެއެވެ.
މީގެ އިތުރުން އޭޖީ ރިފްޢަތު މަގާމުގައި ހުރެ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ގެއްލުންވާނެ ފަދައިން އެކިއެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލު ދީފައިވާ ކަމަށާއި އަމިއްލަ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ނިންމަވާފައިވާ ނިންމެވުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވުމުގެ އިތުރުން މި މައްސަލަތައް ބެލުމުގެ ޤާނޫނީ ޒިންމާ ހަވާލުވެފައިވާ ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ތުހުމަތު ކުރެވޭކަމައި މިފަދަ ކަންކަމަކީ އޭޖީ ރިފްޢަތުގެ ޤާނޫނީ ހުވަޔާ ހިލާފް ކަންތައްތަކެއްކަން ފާހަނގަ ކޮއްފައިވެއެވެ.
މިމައްސަލަ ހުށަހަޅާފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) އާއި، ރައްޔިތުންހެ މަޖިލީހުގެ ޤަވާއިދުގެ 207 ވަނަ މާއްދާ (ހ)ގެ ދަށުންނެވެ.
މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ އިތުރަށް ވިދާޅުވީ ކަނޑު ވިއްކާލި މައްސަލައާ ގުޅިގެން އެކަމާ ގުޅުން ހުރި ވަޒީރުން ބޭފުޅުންގެ އިތުރުން ކަމާއިގުޅުންހުރި އެހެން ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަން ފަށާފައިވާކަމަށާއި އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙްގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަންވެސް މަސައްކަތް ކުރަމުންދާކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ކަނޑު ވިއްކާލި މައްސަލައާ ގުޅިގެން އެކަމާ ގުޅުން ހުރި ވަޒީރުން ބޭފުޅުންގެ އިތުރުން ކަމާއިގުޅުންހުރި އެހެން ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަން ފަށާފައިވާކަމަށާއި އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙްގެ އިތުބާރު ނެތްކަމުގެ ވޯޓު ހުށަހަޅަންވެސް މަސައްކަތް ކުރަމުންދާކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.