1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބޮލީވުޑްގެ ފިލްމީތަރި އަފްތާބް ''ލޯބިވެވިއްޖެ'' ބަލަން ރާއްޖެއަށް

78815FC9-96CC-4B7D-A78F-A6706E24C81C
މުހައްމަދު އަޚްތަރު
523ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިހާރު އޮލިމްޕަހުގެ ސްކްރީނުގައި ދައްކަމުން އަންނަ ދިވެހި ފިލްމް ''ލޯބިވެވިއްޖެ''ބަލާލުމަށް އިންޑިޔާގެ މަޝްހޫރި ފިލްމީތަރި އަފްތާބް ދިވެހިރާއްޖެ އަށް އައިސްފިއެވެ.

އަފްތާބްގެ މި ދަތުރަކީ ''ލޯބިވެވިއްޖެ'' ގެ ޓީމްގެ ފަރާތުން އޭނާ އަށް ދިން ދަޢުވަތަކަށް އެ ފިލްމް ބަލާލުމަށްޓަކައި އައި ދަތުރެއްކެއެވެ. މިހާރުވެސް އޮލިމްޕަހުގައި ކާމިޔާބް ޝޯވތަކެއް ދައްކަމުން އަންނަ ''ލޯބިވެވިއްޖެ'' ބަލާލުމަށް އަފްތާބް ރާއްޖެ އައިސްފައި ވަނީ މި އަދުގެ މެންދުރުގެ ވަގުތެއްގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އަފްތާބް އަށް މަރުޙަބާ ކީ ފިލްމްގެ ޕްރޮޑިއުސަރުން ކަމަށްވާ ޝާނީޒް ޢަލީ އާއި އާމިނަތު ޝަނާޒްގެ އިތުރުން ފިލްމްގެ ޑައިރެކްޓަރ ޢަލީ ސީޒަންއެވެ.

300 × 250

804DFEF4-7642-4FEE-B5AD-FDA1BB1F91E5

އެއަރޕޯރޓްގައި ހުންނަވައި މީޑިއާ އަށް މަޢުލޫމާތު ދެމުން އަފްތާބް ބުނީ އޮލިމްޕަސް ސިނެމާއިން އަފްތާބް ދިވެހި އޯޑިއެންސާއި ބައްދަލުކުރާނެ ކަމަށެވެ.

ދިވެހި ފިލްމް ލޯބިވެވިއްޖެ އަކީ 2020 ވަނަ އަހަރު ޑިސެމްބަރު 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓީންގ ފެށި ފިލްމެކެވެ. ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ ގދ.ތިނަދޫ، މާލެ ސިޓީ ގެ އިތުން ސްރީލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާ ގައެވެ.

ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރ ޢަލީ ސީޒަންގެ އިތުރުން މަރިޔަމް ޢައްޒަ، އާމިނަތު ރިޝްފާ، އަޙުމަދު ޢީސަ (އާނަންދު)، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަޙްމަދު ނިމާލް، ޢަބްދުﷲ ޝާފިޢު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) ހަރަކާތްތެރިވެފައިވެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު. ފިލްމު ކެމެރާ ކޮށްފައިވަނީ އިބްރާހީމް މޫސާ (ދަބަ). ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަން. ލޯބިވެވިއްޖެ ފިލްމަށް ބެކް މިއުޒިކް ތައްޔާރުކޮށްފައިވަނީ ޒުވާން މިއުޒިޝަން ފަތުހުﷲ ޝަކީލް ޙުސައިން އެވެ. 

މި ފިލްމްގެ ޖުމްލަ 8 ލަވަ ހިމެނޭ އިރު އެ ހުރިހާ ލަވަތަކެއްވެސް މިހާރު ވަނީ އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑް އަށް އަޕްލޯޑް ކޮށްފައެވެ.

300 × 250

ފިލްމްގެ ލަވަތައް ކިޔާދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، އިބްރާހިމް ޒައިދު ޢަލީ (ކުޑަ އިއްބެ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ޙަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އައްމަޑޭ އަދި އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް ޢަލީ އާއި ނަފްހާ އެވެ. 

މި ފިލްމްގެ ކާމިޔާބް ޝޯވތަކެއް މިދިޔަ ހަފްތާ ތެރޭގައި ގދ.ތިނަދޫ، ކުޅުދުއްފުށި ސިޓީގެ އިތުރުން އައްޑޫސިޓީގައި ދީފައިވެއެވެ.



300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި