1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުލަގަދަ ޙަފްލާއަކާއެކު ހެޕީމާކެޓް ތިނަދޫ ފިހާރަ ރަސްމީކޮށް ހުޅުވައިފި

D0518599-6D5A-4842-A897-A7A27D1CDDED
ކުލަގަދަ ޙަފްލާއަކާއެކު ހެޕީމާކެޓް ތިނަދޫ ފިހާރަ ރަސްމީކޮށް ހުޅުވުން. ފޮޓޯ :ޖައިޝަމް
މުހައްމަދު އަޚްތަރު
6,783ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުލަގަދަ ޙަފްލާއަކާއެކު ހެޕީމާކެޓް ތިނަދޫ ޑިސްޓްރިބިއުޝަން ސެންޓަރ ރަސްމީކޮށް ހުޅުވައިފިއެވެ.

ހެޕީމާކެޓް ތިނަދޫ ފިހާރަ ކުރިމަތީގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހެޕީމާކެޓް ފިހާރަ ހުޅުއްވައި ދެއްވީ އެ ރަސްމިއްޔާތުގައި ޚާއްސަ މެހެމާނުންނާގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ގދ އަތޮޅު ކައުންސިލް ގެ ރައީސް ޙަސަން ފައިހަތު ޤުދުރަތުﷲ އަދި ތިނަދޫ ކައުނަސިލްގެ ރައީސް ސަޢުދު އަލީ ގެ އިތުރުން ހެޕީމާކެޓް ސީއީއޯ އަލީ އިހުސާން އާއި ސީއޯއޯ އަބްދުﷲ ނައީމް އެވެ. 

5725B9BA-8485-4648-93A6-FEB63BCED964
300 × 250

ހެޕީމާކެޓް ތިނަދޫ ފިހާރަ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން : ފޮޓޯ ޖައިޝަމް

ތިނަދޫ ގެ ވިޔަފާރި ވެރިންގެ އިތުރުން ސަރުކާރުގެ މުއައްސަސާ ތަކުގެ ވެރިން ބައިވެރިވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެޕީމާކެޓްގެ ސީއީއޯ ޢަލީ އިހުސާން ވިދާޅުވީ ތިނަދޫ ގައި ހެޕީމާކެޓް ގެ ޑިސްޓްރިބިއުޝަން ސެންޓަރެއް 2 މަސް ތެރޭގައި ޤާއިމް ކުރުމަކީ ހުވަފެނެއް ފަދަ ކަމެއް ކަމަށާއި ނަމަވެސް ހެޕީމާކެޓްގެ މެނޭޖްމަންޓް ގެ ޓީމް ކުރި ބުރަ މަސައްކަތުން އެކަން ޙަޤީގަތަކަށް ހެދި ކަމަށެވެ. އިހްސާން ވިދާޅުވީ ތިނަދޫ ގައި ވިޔަފާރި ފެށުމުގެ ކުރިން ރަށުގެ މުޢައްސަސާ ތަކުގެ ވެރިންނާއި ހުރިހާ ވިޔަފާރިވެރިނާ މަޝްވަރާ ކުރި ކަމަށާއި އޭރުވެސް އަދި މިހާރުވެސް އެ ފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މި ސަރަހައްދުގައި ހެޕީމާކެޓް ހޯލްސޭލް ޝޯވ ރޫމެއް އަދި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވުމުގެ އެންމެ ބޮޑު މަޤުޞަދަކީ ހެޕީމާކެޓްގެ ބްރޭންޑް ތައް އޭގެ އެންމެ ތާޒާ ކަމާ ކޮލިޓީއާއި އެކީ މި ސަރަހައްދަށް ފޯރުކޮށްދިނުން ކަމަށެވެ.

1EF5F7B6-1F67-4C98-BB48-79F67F9CBC46

ހެޕީމާކެޓް ތިނަދޫ ފިހާރަ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން : ފޮޓޯ ޖައިޝަމް

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގދ އަތޮޅު ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ ވިދާޅުވީ ހެޕީމާކެޓް އިން ތިނަދޫ ގައި ފެށިމި ވިޔަފާރީގެ ސަބަބުން ރަށުގެ ކުދި ބޮޑު ވިޔަފާރި ތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ހިގައްޖެ ކަމަށާއި ހެޕީމާކެޓް އިން ކާބޯތަކެތިގެ ކޮލިޓީ ހިފަހައްޓަން ކުރާ މަސައްކަތަކީ ފާހަގަކޮށްލެވޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ކައިރި މުސްތަޤުބަލުގައި ފެރީ ނިޒާމަކުން މި ވިޔަފާރި އަތޮޅުގެ ރަށްތަކާއި ގުޅިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ގދ އަތޮޅު ރައީސް ހަސަން ފައިހަތު ވިދާޅުވިއެވެ.

2C659AF1-6D64-4C1C-8CDF-3A290877FBD4
300 × 250

ހެޕީމާކެޓް ތިނަދޫ ފިހާރަ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން : ފޮޓޯ ޖައިޝަމް

ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ގދ ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވީ ހެޕީމާކެޓް ގެ ސަބަބުން ތިނަދޫގެ އާންމު ރައްޔިތު މީހާއަށް ވަރަށް ބޮޑު އުފަލެއް ލިބިއްޖެ ކަމަށާއި މިއީ ރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އިތުރަށް ވާހަކަ ކުރިޔަށް ގެންދާވަމުން ތިނަދޫ ރައީސް ސައުދު ވިދާޅުވީ ތިނަދޫ ކައުނަސިލްގެ ގެ ވިސްނުމާ މިސްރާބު ހުރީ ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް ހެޕީމާކެޓް ފަދައިން ވިޔަފާރި ފުޅާކޮށް ކުރުމުގެ ފުރުސަތު ދޭށެވެ.

ހެޕީމާކެޓްގެ ހޯލްސޭލް ޝޯވ ރޫމެއް އަދި ޑިސްޓްރިބިއުޝަން ސެންޓަރު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ އުންމީދު ކުރި ޕްލޭން އާއި އެއްގޮތަށް އިމާރާތް ފަރުމާކޮށް 2 މަސް ދުވަހުގެ ތެރޭގައި އެ ޢިމާރާތުގެ ހުރިހާ ކަމެއް ނިމެންދެން އިސްވެ މަސައްކަތް ކުރެއްވި ހެޕީމާކެޓްގެ ޗީފް އިންޖިނިއަރ އަދި ބޯޑް އެޑްވައިޒަރ ޢަލީ ދީދީ އަށް ހަނދާނީ ފިލައެއް އެރުވުން އޮތެވެ.

1D174BB8-D0AE-48D9-9ACC-F43F2164D8D2

ހެޕީމާކެޓް ތިނަދޫ ފިހާރަ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން : ފޮޓޯ ޖައިޝަމް

ރޭގެ ރަސްމިއްޔާތު ނިމިގެން ދިޔައީ މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކާ އެކުއެވެ. 

ހެޕީމާކެޓް އަކީ ރާއްޖޭގައި ކާމިޔާބު ކަމާއެކީ ވިޔަފާރި ހިންގާތާ 32 އަހަރު ވެފައިވާ ކުންފުންޏެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި