1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސަށް ވަގަށް ގޮވި މައްސަލާގައި މުޣުނީ ވަކިކޮށްފި

އެންވަޔަރަމަންްޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަަސަން މުޣުނީ
ސާއި ޢަލީ
469ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ވައްކަމުގެ ތުހުމަތު އެޅުވި މައްސަލާގައި އެންވަޔަރަމަންްޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަަސަން މުޣުނީ މިއަދު މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އޭނާ ވަކިކުރީ، ރައީސް އޮފީހަށް ހާޒިރުކުރުމަށް ފަހު ތުހުމަތު އެޅުވި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނުމަށް ފަހުއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މުޣުނީ ކުރެއްވީ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން އަމަލުކުރަން އޮންނަ އަޚުލާގީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށެވެ.

މުޣުނީ ކުރި ޓްވީޓެއްގައި ވިދާޅުވީ "ހިންނަވަރު ވަގު އިބްރާހިމްބެ ދައުލަތުގެ ކުންފުނިތަކުގެ ވެރިންނަށް އައްޔަން ކޮށްފައިވަނީ އެ ކުންފުނިތައް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކޮރަޕްޓުވެފައިވާ ވަގުންގެ ޓީމެއް" ކަމަށެވެ.

300 × 250

މުޣުނީ ވަނީ އާބަންކޯގެ އެމްޑީ އާތިފާއި އެސްޓީއޯގެ އައު އެމްޑީ ސައީދާއި އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ޝުޖާއާއި، އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) އަދި ސްޓެލްކޯގެ އެމްޑީ ޝަރީފާއި ފެނަކައިގެ އެމްޑީ ސައީދަކީ ކޮރަޕްޓު ބައެއް ކަމަށް ވިދާޅުވެފައެވެ. ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަން ހަތަރު މަހުގެ ތެރޭގައި ނިމުމަކަށް އަންނާނެ ކަމަށް ވެސް މުޣުނީގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މުޣުނީގެ ޓްވީޓާއި ގުޅިގެން ސަރުކާރަށް ތާއިދުކުރާ ވަރަށް ގިނަ ބަޔަކު ވަނީ މުޣުނީ މަގާމުން ދުރުކުރުމަށް ގޮވާލާފައެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މުޣުނީގެ އެކައުންޓުން ރައީސް ސޯލިހަށް ވަގަށް ގޮވިފައި ވަނީ ފޭކް އެކައުންޓަކުން ޓްވީޓް ކުރަން އުޅެނިކޮށް، އެކައުންޓް ބަދަލުކޮށް ނުލެވި އިންދާ ޓްވީޓް ކުރެވުމުންނެވެ. ނަމަވެސް އެއީ ކީއްވެ ކުރެވުނު ޓްވީޓެއް ކަމެއް މުޣުނީ ވިދާޅެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން މުޣުނީ ފުރަތަމަ އައްޔަން ކުރީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހު އޭނާ އެމަގާމުން ވަކިކޮށް އެންވާރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރިއެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • އަލިބެ

    މާލޭ ސިޓީ ޚައުންސިލުން މިކަމާ ބަޔާނެއް ނުނެރުއްވަންތޯއެވެ؟

ގުޅުންހުރި