1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް، އެކަން ކުރާނަން: ވަޒީރު އިޙްސާން

މަރްޔަމް ޝަފާ ސައީދު
296ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ސަރުކާރުން ތަންފީޒުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރާނެކަމަށް އެކި ސަރުކާރުތަކުގައި ބުނެފައިވީ ނަމަވެސް، މިހާތަނަށް އެކަން ތަންފީޒުކުރެވިފައެއް ނުވެއެވެ. ނަމަވެސް އަދުގެ ސަރުކާރުން އެމަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް ޗޮއިސެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަރުގެ ޙުކުމް ތަންފީޒުކުރައްވާނެ ކަމަށެވެ. އެކަން ކުރުމުގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ މަރުހަލާތައް އެބަހުރި ކަމަށާއި އެ މަސައްކަތްތައް މިހާރު ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

300 × 250

"މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް އެއީ. އަޅުގަނޑުމެން އެކަން ކުރާނެ. އެކަމަކު އެކަން ކުރުމަށްޓަކައި ގަވަރން ކުރަންޖެހޭ މަރުގެ ހުކުމް ތަންފީޒީ މަރުހަލާ ޤާނޫނީގޮތުން ކަވަރ ކުރަން. އެހެންވެ އެއަށް ބޭނުންވާ ޤާނޫނެއް ފަރުމާކޮށްފައި މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވުމުގެ މަސައްކަތް މިވަގުތު އަޅުގަނޑުމެން ކުރަމުންދަނީ. އޭގެ އަނެއް ފަރާތަކީ ތަންފީޒީ މަރުހަލާގެ ތައްޔާރުވާންޖެހޭ ކަންކަމަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން،" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޚާއްސަ ޤާނޫނެއް ހެދުމަކީ ރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރުމަށް އަދި ސޯޝަލް ޖަސްޓިސް ގާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމީ ޤައުމެއްގައި އޮންނަ އުސޫލުގެ މަތިން ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި މަރުގެ އަދަބު ހިފެހެއްޓުމަކީ ދައުލަތަކަށް ކުރެވޭނެ ކަމެއްކަމުގައި ގަބޫލުނުކުރައްވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިފަހުން މަރުގެ އަދަބު ދެވޭނެ ހާލަތްތަކުގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރުންވެސް ވަނީ ހިމަނުއްވާފައެވެ. ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ ބާވަތާއި އޭގެ އަދަދަށް ބަލައި މަރުގެ އަދަބު ކަނޑައެޅޭނެކަން ޤާނޫނުގައިވަނީ ހިމަނުއްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި