ތައިލެންޑްގެ އޮނެކްސް ހޮސްޕިޓަލިޓީ ގްރޫޕުން ރާއްޖޭގައި ތަރައްގީކުރަމުން އަންނަ ރާޔާ މޯލްޑިވްސް އަންނަ އޮގަސްޓު މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

ރ. ކުޑަކުރަތުގައި ތަރައްގީކުރަމުން އަންނަ ފަސްތަރީގެ މި ރިސޯޓުގައި ޖުމްލަ 187 ވިލާ ހުރެއެވެ. އޭގެ އިތުރުން ހަތް ރެސްޓޯރަންޓާއި ސްޕާއަކާއި ކިޑްސް ކްލަބެއްވެސް ހުންނާނެއެވެ.

މިއީ އޮނެކްސް ހޮސްޕިޓަލިޓީ ގްރޫޕުގެ ލަގްޒަރީ ބްރޭންޑް ކަމަށްވާ އަމާރީގެ ދަށުން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓެވެ. މިހާރު ރާއްޖޭގެ އާމާރީގެ ރިސޯޓެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުންދަނީ ގދ.ހަވޮއްޑާއެވެ.

އަމާރީގެ ރިސޯޓް އަދި ހޮޓެލްސްތައް ފާހަގަ ކުރެވެނީ، ދުނިޔޭގެ ފެންވަރުގައި ލަގްޒަރީ އަދި ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަންތަން ގޮތުގައެވެ.