ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، ދާންދޫ ފުލުހުންގެ ބެލުމުގެ ދަށަށް ހާޒިރު ކުރެވުނު މީހަކު 12:57 ހާއިރު ފިލާފައިވާތީ އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ.

އެނާ އަކީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ހުރި މީހެއްކަމަށްވެސް ފުލުހުން ބުނެއެވެ.