ސާޅީސް ޕާޓީ ހެދިޔަސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިވެހިންގެ ވެރިއަކަށް ހޮވޭނެ ގޮތެއް ނެތްކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަދި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
"ދަ ޑިމޮކްރެޓްސް" ގެ ނަމުގައި "ފިކުރެއްގެ ދިރުން" އަށް ސަޕޯޓްކުރައްވާ ފަރާތްތަކުން ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައިވާ މިދަނޑިވަޅުގައި މޫކޭ ވިދާޅުވީ ރައީސް ނަޝީދަށް ކުރީގެ ރައީސް ޑރ. ވަހީދަށް ވީ ވަރުވެސް ނުވާނެކަމަށެވެ.
https://twitter.com/vmookey/status/1660523642168692737?s=46&t=YOMcM7x-FnT57_2QqFS_kQ
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި “ދަ ޑިމޮކްރެޓްސް”އިން ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޚަސަން ލަތީފުވަނީ ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.