1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިނަދޫ ފަޅުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެ

photo1684997300
ހުވަދޫ ނިއުސް ޓީމް
2,031ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގދތިނަދޫ ފަޅުގައި އޮތް ހަތާ ފިއުލްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ދާދި ދެންމެ އަކު އަލިފާން ރޯވެއްޖެ އެވެ.


މަންޒަރު ދުއް މީހަކު ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އަލިފާން ރޯވީ ބޯޓުން ތެޔޮ ހުސް ކުރުމަށް ބޭނުން ކުރި ޕަމްޕުގައި ކަމަށާއި ޖެޓީ މަތީގައި ހުރި އެ ޕަމްޕުގައި ރޯވި އަލިފާން ބޯޓުގައި ހިފި ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެ އަލިފާން ނިއްވާ ލެވިއްޖެ ކަމަށް އަލިފާން ނިއްވައި ބޯޓު ސަލާމަތް ކުރުމުގައި އަމަލީ ގޮތުން އުޅުން އެ މީހާ ބުންޏެވެ.

300 × 250


photo1684997964 (1)


ހަތާ ފިއުލްސް ތެޔޮ ބޯޓެއްގައި އަލިފާން ރޯވީ ޙާދިސާ ގައި އެބޯޓުގައި މަސައްކަތް ކުރާ ބިދޭސީ އެއްގެ ގައިގައި ވަނީ އަލިފާން ހިފާ ޒަޚަމް ތަކެއް ވެފައެވެ. އެ މީހާ މިހާރު ވަނީ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވި އަވަސް ފަރުވާ ދެވިފައެވެ. މީގެ ބައި ގަޑި އިރު ކުރިން ހިނގި މި ހާދިސާ ގައި ބޯޓު ސަލާމަތްވީ އެވަގުތު އެތާ ކައިރީގައި ތިބި އާންމުންގެ އެއްބާރުލުންލިބިގެންނެވެ.

https://twitter.com/MNDF_Official/status/1661649336269438976?s=20


photo1684997964

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި